ރާއްޖޭގެ ޚަބަރު ޣައްޒާ ފަންޑަށް އެހީވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ޣައްޒާ ފަންޑަށް އެހީވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ޣައްޒާ ފަންޑަށް އެހީވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢަދާލަތު ޕާޓީން އިސްކޮށް އޮވެގެން ހުޅުވި ޣައްޒާ ފަންޑަށް އެހީވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ ޣައްޒާ ފަންޑު ފޮއްޓެއް ބެލެހެއްޓުމަށް ތިއްބެވި ބޭފުޅުން ކޮޅަކާއި ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ "އަޅުގަނޑު ކޮންމެވެސް ގޮތަކުން ތިބޭފުޅުންނާއި ގުޅާނަން. ރުގީއަށްވެސް ދަންނަވާނަން ތިބޭފުޅުންނާއި ގުޅަން." މިފަދައިންނެވެ.

ރައީސް ނަޝީދު ވަނީ ޣައްޒާ ފަންޑަށް އެހީތެރިކަން ދެއްވާނެ ވިދާޅުވިއިރު ފޮށި ބަލަހައްޓަވަން ތިއްބެވި ބޭފުޅުންނަށް އެމަނިކުފާނު ވަނީ ރަމަޟާން މަހުގެ ހެޔޮ އެދުންތައް އަރިސް ކުރައްވާފައެވެ.

ޣައްޒާ ފަންޑަށް އެހީތެރި ވާނެ ކަމަށް އިއްޔެ ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެމަނިކުފާނު ވަނީ މީގެ ކުރިން އެ ފަންޑަށް ފައިސާ ދިނުމާއި މިދު ވިސްނާލުމަށް ދިވެހިންނަށް ގޮވާލައްވާފައެވެ.

އެހެން ނަމަވެސް އެ ފަންޑުގެ ތަފްޞީލުތައް އިސްލާމިކް މިނިސްޓްރީން މާ ކުރިން ޢާއްމު ކޮށް ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވާފައި ވާކަން ފަހުން ވަނީ ހާމަ ވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.