ރާއްޖޭގެ ޚަބަރު ޔަހޫދީންނާ ދެކޮޅު މުޒާހަރާތައް ވަރުގަދަ ވުމާއި އެކު ޔަހޫދީންގެ ސޯޝަލް ކެމްޕޭން ވަރުގަދަ ކުރަނީ

ޔަހޫދީންނާ ދެކޮޅު މުޒާހަރާތައް ވަރުގަދަ ވުމާއި އެކު ޔަހޫދީންގެ ސޯޝަލް ކެމްޕޭން ވަރުގަދަ ކުރަނީ

ޔަހޫދީންނާ ދެކޮޅު މުޒާހަރާތައް ވަރުގަދަ ވުމާއި އެކު ޔަހޫދީންގެ ސޯޝަލް ކެމްޕޭން ވަރުގަދަ ކުރަނީ

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ޔަހޫދީންނާ ދެކޮޅު މުޒާހަރާތައް ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ވަރުގަދަ ވުމާއި އެކު ޔަހޫދީންގެ ސޯޝަލް މީޑިޔާ ކެމްޕޭން ވަރުގަދަ ކުރަން ފަށައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ ޒުވާން ޖީލުން ސޯޝަލް މީޑިޔާގެ ތެރޭގައި ހޭދަ ކުރަމުން ގެންދާ ވަގުތުގެ ތެރެއިން ފަހަކަށް އައިސް ގިނަ ވަގުތު ތަކެއް ފަލަސްޠީނުގެ ޙާލަތު ބެލުމުގައި ހޭދަ ކުރުމާއި، ޣައްޒާގެ ޙާލަތު ދައްކުވައިދޭ ފޮޓޯ ތަކާއި ވީޑިޔޯތައް ސޯޝަލް މީޑިޔާ ތަކުގައި ފަތުރަމުން ރިޓްވީޓް ކުރަމުން ޝެއަރ ކުރަމުން ގެންދާތީ ޤައުމު ތަކުގެ ޢާއްމު ރައްޔިތުންނަށް ޣައްޒާގެ ޙާލަތު އޮޅުންފިލާ މައްސަލާގައި މަޝްވަރާ ކުރުމަށް ފަހު ޔަހޫދީ އިޒްރޭލުން ވަނީ އެ ޤައުމުގެ މަތީ ސާނަވީ އަށް ކިޔަވާ ކުދިންނާއި ޔުނިވާސިޓީ ތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އެތައް ހާސް ކުދިންނެއް ސޯޝަލް މީޑިޔާގެ ހަނގުރާމައިގެ ތެރެއަށް ވައްދަން ނިންމާ އެކަން ތަންފީޒު ކުރަން ފަށާފައެވެ.

އެގޮތުން ޔަހޫދީން ހިންގާ ފޭސްބުކް، ޓްވިޓަރ، ޔާހޫ، ފްލިކަރ، އިންސްޓަގްރާމް، ގޫގުލް ޕްލަސް ފަދަ ސޯޝަލް މީޑިޔާތައް ބޭނުން ކޮށްގެން ފަލަސްޠީނުގެ ޙާލަތު ވަގުތުން ވަގުތަށް ދުނިޔެ އަށް އޮޅުން ފިލުވައި ދެމުން ގެންދާތީ އެކަން ހުއްޓުވައި ފަލަސްޠީނުގެ ޒުވާނުން ބޭނުންކުރާ ފޭސްބުކް، އަދި ޓްވިޓަރ ހޭޝްޓެގަށް ޙަމަލާ ދިނުމަށާއި، އެ ވަޞީލަތް ތަކުގެ އިތުބާރު ގެއްލޭފަދަ ބުހުތާނު ދޮގު ވާހަކަ ތަކާއި ފޮޓޯތައް އޭގެ ތެރެއިން ފެތުރުމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ވަނީ ޔަހޫދީ ކުދިންނަށް އަންގާފައެވެ.

އެގޮތުން މި މަސައްކަތުގައި އުޅޭ ޔަހޫދީންނަށް ބޭނުންވާ ލެޕްޓޮޕާއި އިންޓަރނެޓާއި އެހެނިހެން ވަޞީލަތްތައް އިޒްރޭލުގެ ސަރުކާރުން ހިލޭ ފޯރުކޮށްދޭއިރު، މި ތަކެތި މެދުވެރިކޮށް ދުނިޔެއަށް އޮޅުވާލުމަށާއި، ސޯޝަލް މީޑިޔާގެ ޙަރަކާތްތައް ކޮންޓްރޯލް ކުރުމަށް އިޒްރޭލުން ހިންގާ ޙަރަކާތްތަކުން މާބޮޑު ފައިދާއެއް ކުރާތަން ފެންނަމުން ނުދާތީ އިތުރު އެތައްހާސް ކުދިންނެއް މިހާރުވެސް ވަނީ ނަގާފައެވެ.
އެގޮތުން އިޒްރޭލުގެ ޔަހޫދީން ވަނީ ދުނިޔެއަށް އޮޅުވާލުމަށް ފަލަސްޠީނުގެ ޙަމާސްގެ ރޮކެޓު ޙަމަލާ ތަކުގައި ޒަޚަމްވީ މީހުން ކަމަށް ބުނެ ބޮޑެތި އަނިޔާ ލިބިފައިވާ ގޮތަށް ޔަހޫދީން މޭކަޕް ކޮށް މޮޑެލް ކޮށްގެން ފޮޓޯ ނަގައި އެ ފޮޓޯތައް ސޯޝަލް މީޑިޔާގައި އަނބުރަން ފަށާފައެވެ. އެހެން ނަމަވެސް މި މީހުންގެ ތެރެއިން މި މީހުންގެ އަމިއްލަ އަތުން މި ކަންކަން ފަޅާއަރައި ޔަހޫދީންގެ ނުބައި ރޭވުންތައް ދަނީ ﷲގެ ރަޙުމަތް ފުޅާއި އެކު ފަލީޙަތްވެ ބޭޒާރުވެ ބޭކާރު ވަމުންނެވެ.

ޔަހޫދީންގެ ބޮޑު ބޭޒާރު: ފަލަސްޠީނު ރައްޔިތުންނަށް އަނިޔާވެފައިވާ ފޮޓޯތައް ޢާއްމުވެ އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރާތީ ބަހަނާ ދެއްކުމަށް އިޒްރޭލު މީހުންނަށް އަނިޔާވީ ކަމަށް ފެންނަ ގޮތަށް މޭކަޕްކޮށް ފޮޓޯ ނަގަނީ. ޔަހޫދީ ސިފައިން ވެސް މީގެ އިސް ރޯލެއް އަދާކުރޭ

ޔަހޫދީންގެ ބޮޑު ބޭޒާރު: ފަލަސްޠީނު ރައްޔިތުންނަށް އަނިޔާވެފައިވާ ފޮޓޯތައް ޢާއްމުވެ އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރާތީ ބަހަނާ ދެއްކުމަށް އިޒްރޭލު މީހުންނަށް އަނިޔާވީ ކަމަށް ފެންނަ ގޮތަށް މޭކަޕްކޮށް ފޮޓޯ ނަގަނީ. ޔަހޫދީ ސިފައިން ވެސް މީގެ އިސް ރޯލެއް އަދާކުރޭ

ބޯފެނާއި ނަރުދަމާ އާއި ކަރަންޓްފަދަ އަސާސީ ވަޞީލަތް ތަކުން މަޙުރޫމް ވެފައި ވީނަމަވެސް ކޮންމެވެސް ގޮތަކުން ފޯން ޗާޖު ކޮށްލައިގެން އެންމެ އަވަހަށް ލިބޭ ފޮޓޯ ގަނޑެއް ސޯޝަލް މީޑިޔާގެ ވަޞީލަތްތައް މެދުވެރިކޮށް ޣައްޒާގެ ރައްޔިތުން ދުނިޔެއަށް ހާމަ ކުރަމުން ގެންދާތީ ޣައްޒާގެ އިންޓަރނެޓާއި ފޯނުގެ ނެޓްވޯކް ހަލާކު ކޮށްލުމަށް ޔަހޫދީ ސިފައިން މިހާރު ވަނީ އަތުކުރި އޮޅާލާފައެވެ.
މީގެ އިތުރުން ފަލަސްޠީނާއި ޣައްޒާ އަށް ތާއީދު ކޮށް ދުނިޔޭގެ އިންޓަރނެޓުގެ މައިދާނުގެ އެންމެ ބާރުގަދަ ކޮށްގެން އުޅޭ ހެކަރުންގެ ގްރޫޕް އެނޮނިމަސް އިން ވެސް ފަލަސްޠީނުގެ ނިކަމެތި ކުދި ކުދި ކުދިންތައް ކަތިލަމުން ގެންދާ މަންޒަރު ބަލަން ނުތިބޭނެ ކަމަށް ބުނެ ޔަހޫދީ އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރުމަކީ އިޒްރޭލަށް ޙަޖަމު ކުރަން މާ ފަސޭހަ ކަމަކަށް ނުވިއެވެ.

ޔަހޫދީ މީޑިޔާ ތައް ކަމަށްވާ ސީއެންއެން، ބީބީސީ، ގޫގުލް، ނިޔުޔޯކް ޓައިމްސް، ވޮޝިންޓަން ޕޯސްޓް، ފަދަ ބޮޑެތި މީޑިޔާ ތަކުގެ ކޮންޓްރޯލް ޔަހޫދީންނަށް އަތްދަށު ލެވުނަސް ސޯޝަލް މީޑިޔާ، އަދި ވަކިން ޚާއްޞަ ކޮށް ޓްވިޓަރގައި ފަލަސްޠީނު ރައްޔިތުންނަށް ހަމްދަރުދީވާ ދުނިޔޭގެ ޒުވާނުން ޣައްޒާގެ ޙާލަތު އޮޅުންފިލުވައި ދިނުމަށް ބޭނުން ކުރަމުން ގެންދާ ހޭޝްޓެގް ތައް ކަމަށްވާ #GazaUnderFire; #FreeGaza; #GazaUnderAttack; #PrayForGaza; #GazaUnderFire އަތްދަށު ލެވިފައެއް ނުވެއެވެ.

އެހެން ކަމުން ޔަހޫދީންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސޯޝަލް މީޑިޔާ އެމީހުންގެ އަތްދަށު ނުލެވުމެވެ. ސޯޝަލް މީޑިޔާގެ ވަޞީލަތްތަކުގެ ކޮންޓްރޯލް ހޯދަން ޔަހޫދީން އާ މަސައްކަތް ތަކެއް ފަށާފައި މިވަނީ މި ވަޞީލަތް މެދުވެރިކޮށް ޣައްޒާގެ ޙާލަތު ދުނިޔެއަށް ފެންނަމުން ދިިޔުމުގެ ސަބަބުން ޔަހޫދީންނާއި މެދު ނަފްރަތު ކުރާ ފަރާތްތައް ގިނަވުމާއި، ޔަހޫދީންނާއި ދެކޮޅަށް ޔަހޫދީން ކޮންޓްރޯލް ކުރާ ޤައުމު ތަކުގެ ރައްޔިތުން މުޒާހަރާ ކުރަން ފެށުމުން އެކަމުގެ ނުރައްކާ އިޙުޞާސް ކުރެވޭތީއެވެ.

އެހެން ކަމުން ދިވެހި ހުރިހާ ޒުވާނުން ވެސް ސޯޝަލް މީޑިޔާ މެދުވެރިކޮށް ވީ ވަރަކުން ޣައްޒާގެ ޙާލަތު ދިވެހިންނަށާއި ބޭރުގެ ބަސްބަސް އެނގޭ ފަރާތްތަކުން އެފަދަ ފަރާތްތަކަށް އޮޅުން ފިލުވައި ދިނުމަކީ މިވަގުތު މި ޖިހާދުގައި ބައިވެރި ވެލުމަށް ފަސޭހަ މަގެކެވެ. ވަކިން ޚާއްޞަ ކޮށް ޔަހޫދީން އަމާޒު ކޮށްފައިވާ ޓްވިޓަރ ހޭޝްޓެގް ތަކުގައި ޣައްޒާގެ ޙާލަތާއި ގުޅޭ ޕޯސްޓަރު ތަކާއި ފޮޓޯ އަދި ބެނާފަދަ ތަކެތި ފެތުރުމަކީ ޣައްޒާގެ ޙާލަތާއި މެދު ދުނިޔެ ހޭލުންތެރި ކުރުވަން ކުރެވޭ މަތިވެރި ޖިހާދަކަށް ނޫނީ ނުވާނެއެވެ.

ޔަހޫދީންގެ އިތުރުން ޣައްޒާގެ ޙާލަތާއި ގުޅިގެން ޤާއުމު ތަކުގެ ރައްޔިތުން އުތުރި އަރަން ފެށުމަކީ ޔަހޫދީންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މިސްރާއި ސަޢޫދީ އަރަބިޔާ އަދި ޔޫއޭއީ އާއި ޢުރުދުން ފަދަ ޤައުމު ތަކުގެ ސަރުކާރު ތަކަށް ވެސް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވިއެވެ. އެހެން ކަމުން މި ޤައުމު ތަކުގެ ސަރުކާރު ތަކުން ވެސް މިހާރު ވަނީ ޣައްޒާ އާއި ޙަމާސް ޖަމާޢަތާއި މެދު ނަފްރަތު އުފައްދަން ސޯޝަލް މީޑިޔާ ގައި ޔަހޫދީން ކުރަންފެށި ހަނގުރާމަ އަށް އަޑިއަޑިން ވާގިވެރިވާން ފަށާފައެވެ. އެހްނ ކަމުން ދިވެހި ހުންރުވެރި ޒުވާނުންގެ މިންނެތް މަސައްކަތުން ސޯޝަލް މީޑިޔާގެ ވަޞީލަތްތައް މެދުވެރިކޮށް މި ޤައުމު ތަކުގެ ރައްޔިތުން އެމީހުންގެ ސަރުކާރު ތަކާއި މެދު ހޭލުންތެރި ކުރުވާފަދަ މެސެޖް ތައް ވެސް ދެވިދާނެ އެވެ. އެހެން ނަމަވެސް ހުރިހާ ދިވެހިންގެ ވެސް މިވަގުތު އެންމެ މުހިންމު އަމާޒަކަށް ހަދަންވީ ޔަހޫދީ އިޒްރޭލެވެ.

ޔަހޫދީންނާ ދެކޮޅަށް އެންމެ ވަރުގަދަ މުޒާހަރާތައް މިވަގުތު ކުރަމުން ގެންދާ ޤައުމު ތަކުގެ ތެރޭގައި އިނގިރޭސި ވިލާތާއި، އެމެރިކާ އާއި މިސްރާއި ޢުރުދުން ފަދަ ޤައުމު ތައް ހިމެނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.