ރާއްޖޭގެ ޚަބަރު އިންސާނީ އައްޑަނަ އެއްގެ ގޮތުގައި ފަލަސްޠީނުގެ ޣައްޒާއަށް ދިޔުމަށް އެމްޑީޕީން އިސްނަގަން އެ ޕާޓީގެ ވަގުތީ ރައީސް ނަޝީދު ގޮވާލައިފި

އިންސާނީ އައްޑަނަ އެއްގެ ގޮތުގައި ފަލަސްޠީނުގެ ޣައްޒާއަށް ދިޔުމަށް އެމްޑީޕީން އިސްނަގަން އެ ޕާޓީގެ ވަގުތީ ރައީސް ނަޝީދު ގޮވާލައިފި

އިންސާނީ އައްޑަނަ އެއްގެ ގޮތުގައި ފަލަސްޠީނުގެ ޣައްޒާއަށް ދިޔުމަށް އެމްޑީޕީން އިސްނަގަން އެ ޕާޓީގެ ވަގުތީ ރައީސް ނަޝީދު ގޮވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންސާނީ އައްޑަނަ އެއްގެ ގޮތުގައި ފަލަސްޠީނުގެ ޣައްޒާއަށް ދިޔުމަށް އެމްޑީޕީން އިސްނެގުމަށް އެ ޕާޓީގެ ވަގުތީ ރައީސް ނަޝީދު ގޮވާލައިފިއެވެ.
މިކަމަށް ގޮވާލާ ސިންގަޕޫރުގައި ހުންނަވައިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރަށް ޣައްޒާ އާއި އަޅާލެވެން ނެތް ކަމަށާއި ޣައްޒާގެ ސަލާމަތަށް އެމްޑީޕީން އިސް ނަގަން ޖެހޭ ކަމަށެވެ
އެހެން ކަމުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން އިސް ނަގައިގެން ފަލަސްތީނުގެ ޣައްޒާ ޙިމާޔަތް ކުރުމަށް އިންސާނީ އައްޑަނަ އެއް އެކުލަވާލައިގެން ޣައްޒާ އަށް ދިއުމަށް ޓަކައި ދަތުރު ހެދުމަށް އެމްޑީޕީން އިސްނެގުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

ސިންގަޕޫރުގައި ހުންނަވާ މީގެކުރިން ކުރެއްވި ޓުވީޓެއްގައި ވެސް ނަޝީދު ވަނީ އިސްރާއީލުން ޣައްޒާއަށް ހަމަލަދެމުން ގެންދާއިރު ޣައްޒާގެ ދިފާއުގައި ދިވެހި ސިފައިންގެ ފައުޖެއް ފޮނުވުމަށާއި، އެމްޑީޕީން ޣައްޒާއަށް ދާން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އެމްޑީޕީން އިސްވެ އޮވެގެން ޣައްޒާގެ ދިފާޢުގައި މުޒާހަރާ އެއްވެސް ކޮށްފައި ވާއިރު، ޢަދާލަތު ޕާޓީން ވަނީ އިޒްރޭލާ ދެކޮޅަށް ކުރާ މުޒާހަރާއެއްގައި ބައިވެރިވެ ވަޑައިގަންނަވާ ފޮޓޯއެއް ބައިނަލް އަޤްވާމީ މީޑިޔާއެއްގައި ޖަހާފާނެތީ ޔަހޫދީންނާއި ގާތް ގުޅުންތަކެއް ބާއްވަވާ ނަޝީދަށް އެފަދަ މުޒާހަރާއެއްގައި ބައިވެރިވެ ވަޑައިގަންނަވަން ވެސް ކެރިވަޑައި ނުގަންނަވާނެ ކަމަށް ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.