އެތައް ގޮތަކުން ޚާއްޞަ ތަފާތު އިހްޔާ ފޯރަމެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މިރޭގެ އިހްޔާ ފޯރަމް ޙާއްޞަވާ ސަބަބު ތަކުގެ ތެރޭގައި ދެ ޖިންސުގެ ޢިލްމުވެރިން އެކުގައި ބާއްވާ ފުރަތަމަ ފޯރަމަށް ވުމާއި، މިރޭގެ އިޙްޔާ ފޯރަމްގެ ޚާއްޞަ މަޢުލޫ ހިމެނެއެވެ.
މިރޭގެ އިޙްޔާ ފޯރަމްގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ މަޢުލޫ އަކީ " ފަލަސްޠީން " އެވެ.
އެގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިންތިޒާމް ކޮށްގެން ބާއްވާ 1435 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިހްޔާ ފޯރަމް ތަކުގެ ތެރެއިން މިރޭ އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމްގައި ބާއްވާ އިޙްޔާ ފޯރަމްގައި ތަފާތު ތިން ދާއިރާ އަކުން ތިން ބޭފުޅަކު ބައިވެރިވެ ވަޑައިގަންނަވައެވެ.
މިރޭ 21:30 ގައި އޮންނަ މި ފޯރަމްގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ތެރޭގައި އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ޞައީދާއި، ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަލްއުސްތާޒާ އަނާރާ ނަޢީމްގެ އިތުރުން ބައިނަލް އަޤްވާމީ ޚަބަރުތައް ދިރާސާ ކުރައްވާ ތަޖުރިބާކާރެއް ކަމަށްވާ ޖަވާދު ޔޫޞުފް ހިމެނި ވަޑައިގަންނަވައެވެ.
މިރޭގެ އިހްޔާ ފޯރަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް ހަދިޔާވެސް ލިބިލައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިރޭގެ ޢިހްޔާ ފޯރަމް ވެސް ދިއިސްލާމް ލައިވުން ވަގުތުން ދުރަށް ފޮނުވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ދިއިސްލާމް ލައިވުން ވަނީ ބުނެފައެވެ.
އެތައް ގޮތަކުން ޚާއްޞަ ތަފާތު އިހްޔާ ފޯރަމެއް މިރޭ ބާއްވަނީ
ކޮމެންޓް (0)
ލޯޑް ކުރަމުން...