ލިޔުނީ : މުޙައްމަދު ވިޝާޙް
އުރުދުން ގެ ރަސްގެފާނު ޢަބްދުﷲ، އުރުދުންގެ ސަރުކާރު އުވާލައިފިއެވެ. ރަސްގެފާނު ޢަބްދުﷲ އެ ގައުމުގެ ސަރުކާރު އުވާލީ އެ ގައުމުގައި ކުރިއަށް ދާ މުޒާހަރާތަކާ ގުޅިގެންނެވެ. އާ ކެބިނެޓް އެކުލަވާލުމަށްޓަކައި ރަސްގެފާނު ޢަބްދުﷲ ވަނީ ކުރީގެ އާމީ ޖެނެރަލަކާ ހަވާލު ކުރައްވާފައެވެ.
އުރުދުންގައި މިހާރު ކުރިއަށްދާ މުޒާހަރާ ތަކަކީ ޓިޔުނީޝިޔާ އާއި، މިސްރުގައި ކުރިއަށް ދިޔަ އަދި ކުރިއަށް ދަމުންދާ މުޒާހަރާތަކުން ބާރު ލިބިގެން ކުރިއަށް ދާ މުޒާހަރާތަކެކެވެ. އުރުދުންގެ ރައްޔިތުން މަގުތަކަށް ނިކުންނަން ޖެހުނު ސަބަބު ތަކުގެ ތެރޭގައި ތަކެތީގެ އަގު ބޮޑުވުމާއި، އަދި ގައުމުގެ ދަރަނި މަތި ވަމުން ދިޔުން ހިމެނެއެވެ. އެގޮތުން މިއަހަރު އެ ގައުމުގެ ދަރަނި ވަނީ 15 ބިލިޔަން ޑޮލަރަށް އަރާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...