ރޯދަ މަހަށް ހާއްސަ ކޮށްގެން ގެންނަ ފިޔާ، އަލުވި އަދި ބިހުގެ އާ ޝިޕްމަންޓް އަންގާރަ ދުވަހު ވިއްކަން ފަށާނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.
އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި އެކުންފުނިން ބުނީ މި ތިން ބާވަތުގެ އާ ޝިޕްމަންޓް މާދަމާރޭ ރާއްޖެ ގެނެސް އަންނަ އަންގާރަ ދުވަހު ވިއްކަން ފެށޭވަރު ވާނެ ކަމަށާއި، އެސްޓީއޯއިން ގެންނަ ފިޔާ، އަލުވި އަދި ބިސް ވިއްކުމަށް ހަމަޖެހިފައި ވަނީ ކުރިން ވެސް އެތަކެތި ވިއްކަމުން ގެންދިޔަ ދިޔަ އަގުތަކުގައި ކަމަށެވެ.
އެސްޓީއޯއިން ކުރިން ދުއިސައްތަ ފަންސާސް ރުފިޔާ އަށް ބިސް ކޭހެއް ވިއްކާފައި ވާއިރު، ފިޔާ އަދި އަލުވި ބަސްތާއެއްް ވިއްކާފައި ވަނީ ދުއިސައްތަ ފަންސަވީސް ރުފިޔާ އަށެވެ.
ފިޔާ ބަސްތާއެއް އާއްމުކޮށް ބާޒާރުން ތިންސަތޭކަ ފަންސާސް ރުފިޔާ އަށްވުރެ އަގުބޮޑުކޮށް ލިބެން ހުރިއިރު އަލުވި ބަސްތާއެއް ލިބެން ހުރީ ދުއިސައްތަ އަށްޑިހަ ރުފިޔާ އަށެވެ.
އެސްޓީއޯ އިން މާދަމާ ރާއްޖެ އެތެރެކުރާ ޝިޕްމަންޓްގައި ވިހިހާސް ކޭސް ބިހާއި ވިހިހާސް ބަސްތާ ފިޔާގެ އިތުރުން ފަސްހާސް ބަސްތާ އަލުވި ހިމެނެއެވެ.
އެސްޓީއޯ އިން ބުނެފައި ވަނީ މި ބާވަތްތައް ރޯދަ މަސް ނިމެންދެން ހުސްނުވެ ލިބެން ހުންނާނެ ކަމަށެވެ.
ރޯދަ މަހަށް ގެންނަ ފިޔާ، އަލުވި އަދި ބިހުގެ އާ ޝިޕްމަންޓް އަންގާރަ ދުވަހު ވިއްކަން ފަށާނެ: އެސްޓީއޯ
ކޮމެންޓް (0)
ލޯޑް ކުރަމުން...