ރާއްޖޭގެ ޚަބަރު ބޭރުމީހަކު ހައްޔަރު ކުރުމުގައި ރާއްޖޭން އަމަލު ކޮށްފައި ވަނީ ގާނޫނު އަސާސީއާއި ހިލާފަށް

ބޭރުމީހަކު ހައްޔަރު ކުރުމުގައި ރާއްޖޭން އަމަލު ކޮށްފައި ވަނީ ގާނޫނު އަސާސީއާއި ހިލާފަށް

ބޭރުމީހަކު ހައްޔަރު ކުރުމުގައި ރާއްޖޭން އަމަލު ކޮށްފައި ވަނީ ގާނޫނު އަސާސީއާއި ހިލާފަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިސަރުކާރުން ރަޝިޔާގެ ރައްޔިތަކު ހައްޔަރު ކުރުމަށްފަހު އަމަލު ކޮށްފައި ވަނީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާއި ވެސް ހިލާފަށް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
މިކަމާއި ގުޅޭގޮތުން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ރަޝިޔާގެ ރައްޔިތަކު ހައްޔަރު ކުރުމަށްފަހު ވަގުތުން އޭނާ ރާއްޖެއިން ބޭރަށް ގެންގޮސްފައި ވާކަމަށާއި އެކަން އެގޮތަށް ކުރުމަށް ދިވެހި ފުލުހުން ދޫކޮށްލާފައި ވަނީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ވެސް ޚިލާފަށް ކަމަށެވެ.
އެމްޑިޕީން ބުނީ ރާއްޖެއިން ހައްޔަރު ކުރެވޭ ކޮންމެ މީހެއްގެ މައްޗަށް ރާއްޖޭގެ ޝަރުއީ ނިޒާމުގައިވާ އިޖްރާއަތުތައް ހިންގުމަށް ގާނޫނު އަސާސީން ލާޒިމު ކުރާ ކަމަށާއި، ރާއްޖެއިން ހައްޔަރު ކުރި ރަޝިޔާގެ ރައްޔިތަކާއި މެދު އެފަދައިން ޢަމަލު ކޮށްފައި ނުވާ ކަމަށެވެ.
އެމްޑީޕީން ބުނީ ރާއްޖެއިން މީހަކު ހައްޔަރު ކުރަން ވާނީ ރާއްޖޭގެ ގާނޫނު އަސާސީ ބަޔާން ކުރާގޮތަށް ރާއްޖޭގެ ޖިނާއީ ތަހުގީގު ކުރާ ދިވެހި ފުލުހުން ކަމަށާއި، ރާއްޖޭގެ ގާނޫނު އަސާސީގެ ބާރުކަނޑުވާލައި، އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ ފަރުދީ މިނިވަންކަމަށް އެއްގޮތަކަށް ވެސް ބަލައި ނުލައި، އަދި ދިވެހި ދައުލަތުގެ ބާރުވެރިކަމެއް ނެތްކަން ހާމަވާފަދަ އަމަލެއް ދިވެހި ސަރުކާރުން ކޮށްފައިވާތީ އެމްޑީޕީން ހިތާމަ ކުރާ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ މި ޢަމަލުންް ރާއްޖޭގައި ރަގަޅު ޝަރުއީ ނިޒާމެއް ނުވަތަ އެފަދަ ފުރިހަމަ އިޖުރާއަތު ތަކެއް ގާއިމު ކުރެވިފައި ނުވާ ކަން އިތުރަށް ހާމަވެގެން ގޮސްފައި ވާކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.