ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި އިތުރު ފިހާރައަކުން ބައިވެރިވެއްޖެއެވެ.
ރޯދަމަހާއި ދިމާކޮށް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި އަލަށް ރަޖިސްޓްރީވެފައިވަނީ ޝޮޕް އެންޑް ސޭވް ފިހާރައެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކުރި ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި ބައިވެރި ވެފައިވާ ފަރާތްތަކުގެ ލިސްޓުގައި ޝޮޕް އެންޑް ސޭވް ފިހާރަ މިއަދު ހިމެނުނު އިރު އިކޮނޮމިކް މިނިސްޓްރީގެ އެންމެ އަގުހެޔޮ ލިސްޓުގައި ހުރި ފިހާރަ ތަކުގެ ތެރެއިން ކަދުރާއި ކައްކާ ތެޔޮ އެންމެ ހެޔޮ އަގުގައި ލިބެން ހުރީ ޝޮޕް އެންޑް ސޭވް ފިހާރަ އިންކަން ފާހަގަ ކޮށްލެވެއެވެ.
ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި އެސްޓީއޯ އާއި ރެޑްވޭވް އާއި އަގޯރާގެ އިތުރުން މިހާތަނަށް ބައިވެރި ވެފައި ވަނީ ކެއާމޯލް އާއި ޝޮޕް އެންޑް ސޭވް ފިހާރައެވެ.
ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި އިތުރު ފިހާރައަކުން ބައިވެރިވެއްޖެ
ކޮމެންޓް (0)
ލޯޑް ކުރަމުން...