އެފްޑީއައި ސްޓޭޝަނުން ފޯނެއް ވަގަށް ނެގި މީހަކު ހޯދުމުގައި ޢާއްމުންގެ އެހީއަށް ފުލުހުން އެދިއްޖެ

އަހުމަދު ޝާހިދު

އެފްޑީއައި ސްޓޭޝަނުން ފޯނެއް ވަގަށް ނެގި މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ބަލަމުންދާ ވައްކަމުގެ މި މައްސަލައަކާ ގުޅިގެން ހޯދަމުން ގެންދާ މީހާގެ ވީޑިޔޯ ފުޓޭޖެއް ފުލުހުން މިހާރު ވަނީ ޢާއްމު ކޮށްފައެވެ.
މި މައްސަލަ އާއި ގުޅިގެން ހޯދަމުން ގެންދާ މީހާގެ ވީޑިޔޯ ފުލުހުން މިއަދު ޢާއްމު ކުރި ނަމަވެސް މި މީހަކީ މިދިޔަ ޖޫން މަހުގެ އެކާވީސް ވަނަ ދުވަހުގެ ވަގުތެއްގައި އެފްޑީއައި ސްޓޭޝަނަށް ވަދެ އެތަނުގެ ކައުންޓަރުގައި އޮތް ފޯނެއް ވަގަށް ގެންދިޔަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ފުލުހުންނަށް މި މައްސަލަ ހުށަހެޅުނު ތާރީޚެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން މި މީހަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށާއި، މި މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް އެދޭ ކަމަށެވެ.
މި މައްސަލާގައި ފުލުހުން ޢާއްމު ކޮށްފައިވާ ވީޑިޔޯ ބެއްލެވުމަށް . . .

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.