ރާއްޖޭގެ ޚަބަރު ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރަން ސިފައިންވެސް އަތުގުޅާލައިފި

ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރަން ސިފައިންވެސް އަތުގުޅާލައިފި

ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރަން ސިފައިންވެސް އަތުގުޅާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ ތިމާވެށި ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރމެންޓް އެންޑް އެނަރޖީއިން އިންތިޒާމްކޮށްގެން ބޭއްވި އަތުގުޅާލުމުގައި ސިފައިން ބައިވެރިވެއްޖެއެވެ.

ދިވެހި ސިފައިން އަތުގުޅާލައިގެން

ދިވެހި ސިފައިން އަތުގުޅާލައިގެން

މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި މިއަތުގުޅާލުމަކީ ދިވެހިރާއްޖެއިން ތިމާވެއްޓަށްދޭ ސަމާލުކަން ދައްކުވައިދިނުމަށްޓަކާ ބޭއްވި ހަރަކާތެކެވެ. ދުނިޔޭގެ ތިމާވެށި ދުވަހާއި ގުޅިގެން އެންވަޔަރމިނިސްޓްރީއިން ހިންގާ މިފަދަ ހަރަކާތްތަކުގެ ފޮޓޯއާއި ވީޑިއޯ ތިމާވެއްޓާއި ބެހޭގޮތުން އދ ގައި ބާއްވާ ކޮންފަރެންސްގައި ހުށަހެޅުމަށްވަނީ ހަމަޖެހިފައެވެ. މިއަތުގުޅާލުމުގައި ސިފައިންގެ އިތުރުން މިނިވަން މުއައްސަސާތަކާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ސްކައުޓް އެސޯސިއޭޝަންއާއި އަދި ބައެއް ޕްރައިވެޓް ކުންފުނިތަކާއި އަމިއްލަ ޖަމްޢިއްޔާތަކުންވެސް ބައިވެރިވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.