ރާއްޖޭގެ ޚަބަރު މާލޭގެ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުންދިޔަ ސިލޯނު ބަޔަކު ފުލުހުން ހައްޔަރު ކޮށްފި

މާލޭގެ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުންދިޔަ ސިލޯނު ބަޔަކު ފުލުހުން ހައްޔަރު ކޮށްފި

މާލޭގެ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުންދިޔަ ސިލޯނު ބަޔަކު ފުލުހުން ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގެ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުންދިޔަ ސިލޯނު ބަޔަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުގެ ޑްރަގް އޮޕަރޭޝަން ޔުނިޓަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިއްޔެރޭ 21:00 ހާއިރު ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ސްރީލަންކާގެ 4 ރައްޔިތެކެވެ.
މި އޮޕަރޭޝަންގައި ކޯޓް އަމުރެއްގެ ދަށުން ހ.މަނާލް 4 ވަނަ ފަންގިފިލާއަށް ފުލުހުން ވަދެ އެތަން ބަލައިފާސްކޮށް އެތަނުން ބަނގުރާ ކައްކަން ތައްޔާރުކޮށް އެއްޗެހި އަޅާފައި ހުރި 20 ލީޓަރުގެ 6 ޓައްޕާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 5 ލީޓަރުގެ ފުޅިޔެއްގެ އިތުރުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 500 އެމް.އެލް 4 ފުޅި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި ފުލުހުން ހިންގި މި އޮޕަރޭޝަންގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލާތްތަކެއްވެސް ވަނީ އެތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ބަނގުރާ ކައްކަން ތިބި ބަޔަކު އަތުލައިގަތް މި މައްސަލަ ޑްރަގް އެންޑްފޯރސްމަންޓް ޑިޕާރޓްމެންޓުން ދަނީ ތަހުޤީގް ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.