ރާއްޖޭގެ ޚަބަރު ކުޑަ ކުއްޖަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފި

ކުޑަ ކުއްޖަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފި

ކުޑަ ކުއްޖަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

18 އަހަރުން ދަށުގެ ކުޑަ ކުއްޖަކާއެކު ބަދުއަޚްލާޤީ އަމަލު ހިންގި މީހަކު 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
ކުޑަ ކުއްޖަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގި ކުށް ސާބިތުވެ ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނީ މ.އޮމެގާ، މޫސާ މުޙައްމަދުގެ މައްޗަށެވެ.
މޫސާ މުޙައްމަދުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ، 2010 ޖެނުއަރީ 22 ވަނަ ދުވަހުގެރޭ ކުޑަކުއްޖަކު ގޮވައިގެން ދުވަހު ކުއްޔަށްދޭ ކޮޓަރިއަކަށްގޮސް ޖިންސީ ގޯނާ ކޮށްފައިވާކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ކުޑަކުއްޖަކާއެކު ބަދުއަޚްލާޤީ އަމަލު ހިންގާފައި ނުވާނެކަމަށްބުނެ މޫސާ މުޙައްމަދު މި ދަޢުވާގެ އަސްލަށް އިންކާރުކޮށްފައި ވީނަމަވެސް، އެރޭ ކުޑަކުއްޖަކު ގޮވައިގެން ދުވަހު ކުއްޔަށްދޭ ކޮޓަރިއަކަށް ދިޔަކަމަށް މޫސާ މުޙައްމަދުގެ އިޢުތިރާފުންނާއި ހެކިންގެ ހެކިބަހުން އެނގެން އޮންނަ ކަމަށާއި އަދި އެ ކުޑަކުއްޖާ ގޮވައިގެން އެ ކޮޓަރި ތެރެއަށް މޫސާ މުޙައްމަދު ވަދެ ކޮޓަރީގެ ދޮރު ލެއްޕިކަން ހެކިންގެ ހެކިބަހުން އެނގެން އޮންނަ ކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމްގައި ވެއެވެ.
މީގެ އިތުރުން އެ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން މެޑިކޯ ލީގަލް ރިކޯޑުން އެނގެން އޮންނާތީ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ޤަރީނާތަކަށް ބިނާކޮށް، ކުޑަކުއްޖަކާއެކު މޫސާ މުޙައްމަދު ބަދުއަޚްލާޤީ އަމަލު ހިންގާފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ހުކުމްގައިވެއެވެ.
މޫސާ މުޙައްމަދުގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން މި ކުށުގެ އުޤޫބާތެއްގެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ ޢުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ ދަށުން މޫސާ މުޙައްމަދު 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.