މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެޗްއާރުސީއެމްގެ މެންބަރަކު ވިދާޅުވެފައި ވީނަމަވެސް އެއީ ކޮމިޝަނުގެ ނިންމުމެއް ނޫން ކަމަށް އެޗްއާރުސީމްގެ މެންބަރަކު ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅޭގޮތުން ބައެއް މީޑިޔާ ތަކަށް މަޢުލޫމާތު ދެއްވަމުން އެޗްއާރުސީއެމްގެ މެންބަރު އައްޝައިޚް އަހުމަދު އަބްދުލް ކަރީމް ވިދާޅުވީ ސުޕްރީމް ކޯޓާއި ހަމައިން ކުރާ މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ހޯމް މިނިސްޓަރު ނެރުއްވި އަމުރާއި މެދު އެޗްއާރުސީއެމުން ކަންބޮޑުވާ ކަމަށް ކޮމިޝަނުގެ ބައެއް މެންބަރުން މީޑިޔާ ތަކުގައި ވިދާޅުވި ނަމަވެސް އެކަމަކީ ކޮމިޝަނުގެ ނިންމުމެއް ނޫން ކަމަށާއި، އެކަމާއި މެދު ހިޔުމަން ރައިޓްސް ކޮމިޝަނުގައި މަޝްވަރާ ކުރެވިފައިވެސް ނުވާ ކަމަށެވެ.
އެޗްއާރުސީއެމްގެ މެންބަރު ވިދާޅުވީ، މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ އެއްވެސް ފަރާތަކަށް ދެކޮޅު ހެދޭނެ ކަމެއް ނޫން ކަމަށާއި، އެކަމަކީ އެއީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
އަދި މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ އިންސާނީ ޙައްޤެއް ގެއްލިގެންދާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެ ކަމަކީ މުޖުތަމަޢުގެ ޙައްޤު ރައްކާތެރި ކޮށްދިނުން ކަމަށާއި، ކީރިތި ޤުރުއާނާއި ސުންނަތުން އެކަން ވަރަށް ރަނގަޅަށް ސާބިތުވާ ކަމަށް ކަރީމް ވިދާޅުވި. މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ އިސްލާމް ދީނުގައި ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައިވާ ޙުކުމަކަށް ވީނަމަވެސް ދައުލަތުގެ މީޑިޔާގެ ޓީވީޗެނަލުން ވަނީ ﷲގެ މި ހުކުމްފުޅު ތަންފީޒު ކުރުމާއި މެދު އެޗްއާރުސީމުން ކަންބޮޑުވާ ކަމަށް ބުނެ އެކޮމިޝަންގެ މެންބަރަކު ދައްކަވާފައިވާ ވާހަކަ ތަކެއް ރައްޔިތުންނާއި ހަމައަށް ދުރަށް ފޮނުވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...