ރާއްޖޭގެ ޚަބަރު ދިވެހިންނަށް ޖެއްސުން ކުރުމުން އިންޑިޔާގެ ސަރުކާރު ވެއްޓެނީ

ދިވެހިންނަށް ޖެއްސުން ކުރުމުން އިންޑިޔާގެ ސަރުކާރު ވެއްޓެނީ

ދިވެހިންނަށް ޖެއްސުން ކުރުމުން އިންޑިޔާގެ ސަރުކާރު ވެއްޓެނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖީއެމްއާރު ކުންފުނީގެ މައްސަލާގައި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ދިވެހިންނާމެދު އެޅި ހަރުކަށި ފިޔަވަޅު ތަކުގެ ސަބަބުން އިންޑިޔާގެ މިހާރު ސަރުކާރަށް ބޮޑު ގެއްލުމަކާއި ކުރިމަތި ވެއްޖެއެވެ.

އިންޑިޔާގެ ވެރިކަން ކުރާ ކޮންގްރެސް ޕާޓީން ވިސާގެ މައްސަލާގައި ދިވެހިންނަށް ދާދި ފަހުން ދޫ ތަކެއް ދީފައި ވީނަމަވެސް އިންޑިޔާގެ އެންމެ މައި އެއް ސްޓޭޓް ކަމަށްވާ ކެރެލާ ސްޓޭޓުން ކޮންގްރެސް ޕާޓީއަށް އޮތް ތާއީދު ވަރަށް ބޮޑަށް ގެއްލި ކުރިޔަށް އޮތް އިންތިޚާބުގައި ކޮންގްރެސް ޕާޓީއަށް ބޮޑު ނާކާމިޔާބަކާ ކުރިމަތި ލާން ޖެހޭނެ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

އަދި މިކަމަކީ އިންޑިޔާ ސަރުކާރުން ދިވެހިންނާ ދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅު ތަކުގެ ސަބަބުން އިންޑިޔާގެ އެންމެ ބޮޑު އެއް ސްޓޭޓް ކަމަށްވާ ކެރެލާ ސްޓޭޓަށް ކޮންމެ އަހަރަކު ވަންނަމުން ދިޔަ އެތައް ސަތޭކަ މިލިޔަން ޑޮލަރެއް ވަނުން ހުއްޓި ހޮސްޕިޓަލް ތަކަށް ޒިޔާރަތްކުރާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް މަދުވެ ހޮސްޕިޓަލް ތަކާއި އެ ސްޓޭޓްގެ އެހެނިހެން ވިޔަފާރި ތައް ވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވާތީ ކޮންގްރެސް ޕާޓީއަށް ކުރިމަތިވި މައްސަލަ ތަކެއް ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

މި މައްސަލަ ތަކާއި ހުރެ އިންޑިޔާގެ އެންމެ ބޮޑު އެއް ސްޓޭޓް ކަމަށްވާ ކެރެލާ ސްޓޭޓްގެ ތާއީދު ވެރިކަން ކުރާ ކޮންގްރެސް ޕާޓީއަށް ގެއްލިފައި ވާއިރު، ކުރިޔަށް އޮތް ޢާއްމު އިންތިޚާބުގައި މި ދާއިރާއިން އިދިކޮޅު ބީޖޭޕީ ބޮޑެތި ކާމިޔާބީ ތަކެއް ހޯދާނެ ކަމަށް ވެސް ޚިޔާލު ހޯދުން ތަކުގެ ނަތީޖާ ތަކާ ޙަވާލާދީ އިންޑިޔާގެ މީޑިޔާ ތަކުން ވަނީ ބުނެފައެވެ.

އެހެން ކަމުން މިވަގުތު ވިސާގެ މައްސަލާގައި އިންޑިޔާ ސަރުކާރުން ދިވެހިންނަށް ދޫ ތަކެއް ދީފައި ވީނަމަވެސް މީގެ ސަބަބުން ލިބުނު ގެއްލުމުން އަރައި ނުގަނެވޭނެ ކަމަށް ވެސް އިންޑިޔާގެ ހޮސްޕިޓަލް ތަކާ ޙަވާލާދީ މީޑީޔާ ތަކުން ބުނެފައިވެއެވެ.

އެހެން ކަމުން ދިވެހިންނަށް ވިސާގެ މައްސަލާގައި ދޫތަކެއް ދީފައި ވަނީ ކޮންގްރެސް ސަރުކާރުން ދިވެހިންނަށް ހެޔޮ އެދިގެން ނޫން ކަމަށާއި، އެކަމަކީ ކުރިޔަށް އޮތް އިންތިޚާބުގައި ކުރިމަތި ވެދާނެ ނާކާމިޔާބަކުން ސަލާމަތް ވުމަށް ކޮންގްރެސް ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށް ބައެއް ނޫސް ތަކުގައި ވެސް ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މިފަހަރުގެ އިންތިޚާބު ތަކުން މިހާރުގެ ވެރިކަން ކުރާ ކޮންގްރެސް ޕާޓީ ބޮޑު ބައްޔަކުން ބަލިކޮށް އިންޑިޔާގެ ވެރިކަމަށް ޙައްދު ފަހަނަ އަޅާފައިވާ ހަރުކަށި ހިންދޫ ޕާޓީއެއް ކަމަށްވާ ބީޖޭޕީ އަންނާނެ ކަމަށާއި، އިންޑިޔާގެ ސަރުކާރު ވެއްޓުނަ ނުދީ މިހާތަނަށް ހިފަހައްޓަމުން އައި ކައްތިރީގެ ގޮތުގައި ބޭނުންކުރި ކެރެލާ ސްޓޭޓްގެ ތާއީދު ކޮންގްރެސް އަށް މުޅިން ގެއްލިފައި ވާކަމަށް އިންޑިޔާގެ މީޑިޔާ ތަކުން ވަނީ ބުނެފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.