މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން ޢަދާލަތު ޕާޓީ އަށް ފުރުޞަތު ދީފައި ނުވާކަން ހާމަވެއްޖެ އެވެ.
އިތުބާރު ހުރި ގޮތެއްގައި ދި އިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުން މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަނުގެ ތެރެއިން ވާދަކުރުމަށް ޢަދާލަތު ޕާޓީއަށް އެއްވެސް ފުރުޞަތު ދީފައެއް ނުވެއެވެ.
މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން ވާދަ ކުރުމުގެ ފުރުޞަތު ޢަދާލަތު ޕާޓީ އަށް ދީފައި ނުވާއިރު، ސަރުކާރު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ދީފައިވަނީ ހަމައެކަނި ޕީޕީއެމާއި އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީއަށް ކަމަށް ދިއިސްލާމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
އެގޮތުން ޕީޕީއެމަށް ސަރުކާރު ކޯލިޝަނުގެ ފަރާތުން މަޖިލީހުގައި ވާދަކުރުމަށް ސާޅީސް ނުވަ ޖާގަ ދީފައިވާއިރު، އެމްޑީއޭ އަށް އަށް ދާއިރާއެއް ދީފައިވާ ކަމަށް މަޢުލުމާތު ލިބިފައި ވެއެވެ.
އަދި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރި ޕާޓީއަށް ދީފައިވަނީ އަށާވީސް ދާއިރާ ކަމަށް ވެސް އެނގިފައި ވެއެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމުން މިހާރު ވަނީ އެ ޕާޓީން ވާދަކުރުމަށް ނިންމާފައިވާ ސާޅީސް ނުވަ ދާއިރާއަށް ކުރިމަތިލުމަށް އެދޭ ފަރާތް ތަކަށް ފުރުޞަތު ހުޅުވާލާފައެވެ.
މި މައްސަލާގައި ޢަދާލަތު ޕާޓީގެ ތަރުޖަމާން އައްޝައިޚް ޢަލީ ޒާހިރު ވިދާޅުވީ، ސަރުކާރު ކޯލިޝަނުން މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އެ ޕާޓީއަށް ނުލިބޭނެ ކަމަށް ކޯލިޝަނުން އަންގާފައި ނުވާ ކަމަށާއި، އެ ޕާޓީން އުއްމީދު ކުރަނީ ކޯލިޝަނުގެ މެދުގައި ގޮނޑިތައް ބަހާލި ނަމަވެސް، ކޯލިޝަނުގެ ތެރެއިން ކޮންމެވެސް ފުރުޞަތެއް ލިބޭނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...