ރާއްޖޭގެ ޚަބަރު ދިވެހި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރުމަށް އެމްނެސްޓީން އިންޒާރު ދީފި.

ދިވެހި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރުމަށް އެމްނެސްޓީން އިންޒާރު ދީފި.

ދިވެހި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރުމަށް އެމްނެސްޓީން އިންޒާރު ދީފި.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަށް ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް އެމްނެސްޓީ އިންޓަރނޭޝަނަލުން ދިވެހި ރާއްޖެއަށް އިންޒާރު ދީފިއެވެ.

ދިވެހި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ނެރުއްވި އަމުރަށް ވަރަށް ބޮޑަށް ފާޑުކިޔާ އިދިކޮޅު އެމްޑީޕީއާއި ގާތް ގުޅުން ތަކެއް އޮންނަ އިނގިރޭސި ޖަމްޢިއްޔާ އެއް ކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލުން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ރާއްޖޭގައި އަނެއްކާވެސް މަރުގެ އަދަބު ތަންފީޒު ކުރަން ފެށުމަކީ ފަސްދޮޅަހަކަށް އަހަރު ފަހަތަށް ދިވެހިން ދިޔުން ކަމަށެވެ.

އެހެން ކަމުން ދިވެހި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަށް މިހާރު ކުރަމުން ގެންދާ މަސައްކަތް ތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ޢާއްމު ގޮތެއްގައި ކުއްވެރިންގެ ޙައްޤު ތަކަށް ވަކާލާތުކުރާ އެމްނެސްޓީން ވަނީ ގޮވާލާފައެވެ.

އެމްނެސްޓީން ބުނީ ދިވެހި ރާއްޖޭގައި އަނެއްކާވެސް މަރުގެ އަދަބު ތަންފީޒު ކުރަން ފެށުމަކީ އިންސާނީ ޙައްޤު ތައް ގެއްލިގެން ދާނެ ކަމެއް ކަމަށާއި، ދިވެހި ރާއްޖޭގެ ޤާނޫނު ތަކުން ވެސް މަރުގެ ހުކުމް ކުރުމާއި ގުޅޭ ބައިތައް އުވާލައި ނައްތާލުމަށް އެމްނެސްޓީން ވަނީ ދިވެހި ސަރުކާރަށް ގޮވާލާކަމަށެވެ.

އިދިކޮޅު އެމްޑީޕީ އާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ އިނގިރޭސި ޖަމާޢަތެއް ކަމަށްވާ އެމްނެސްޓީން ދިވެހި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަށް ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް އިންޒާރު ދީފައި ވާއިރު، އިދިކޮޅު އެމްޑީޕީން ވެސް ވަނީ މި މޭރުމުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމާއި ދެކޮޅަށް ވަކާލާތު ކޮށްފައެވެ.

އެހެން ނަމަވެސް ކީރިތި ޤުރުއާނުގައި ޢާލަމް ތަކުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާ ހަތް އުޑު މަތިން ވަޙީ ކުރައްވާ އަންގަވާފައި ވަނީ އެކަލާނގެ އެންގެވި ގޮތަށް މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ އޭގައި ދިރުން އެކުލެވިގެންވާ ކަމެއް ކަމުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.