ހޯދާތާ ފަސްމަސް ފަހުން ވަގަށް ނެގި ހަ ކިރުދަޅާއި އެކު ވައްކަން ކުރަނިކޮށް ކިރުދަޅު ވަގު ހައްޔަރު ކޮށްފި

އަހުމަދު ޝާހިދު

ފިހާރަ ތަކުން ކިރުދަޅު ވަގަށް ނަގަމުން ގެންދާ މައްސަލާގައި ޢާއްމު ކޮށް އިޢުލާނު ކޮށްގެން ފުލުހުން ހޯދަމުން ގެންދާތާ ފަސްމަސް ފަހުން ވަގަށް ނެގި ހަ ކިރުދަޅާއި އެކު ވައްކަން ކުރަނިކޮށް ކިރުދަޅު ވަގު ހައްޔަރު ކޮށްފިއެވެ.

ކިރުދަޅު ތަކެއް ވަގަށް ނަގަނިކޮށް ނަގާފައިވާ ވީޑިޔޯ އެއް ޢާއްމު ކޮށް ފުލުހުން ހޯދަމުން ގެންދާތާ ފަސްމަސް ދުވަސް ފަހުން ރޭ ހެންވޭރު އިންނިންގ މާޓު ފިހާރައިން އޭނާ ހައްޔަރު ކުރިނަމަވެސް ފުލުހުންވެސް ވަނީ ރޭ ހެންވޭރު އިވްނިންގ މާޓޫ ފިހާރައިން ކިރުދަޅު ތަކެއް ވަގަށް ނަގާފައިވާ މައްސަލާގައި މީހަކު ހައްޔަރު ކުރިކަން ކަށަވަރު ކޮށްދީފައެވެ.

އެހެން ނަމަވެސް އެ މީހަކީ ކިރުދަޅު ތަކެއް ވަގަށް ނަގަނިކޮށް ފުލުހުން ވީޑިޔޯ އާއްމު ކޮށް ހޯދަމުން ގެންދިޔަ މީހާކަން ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
މާފަންނު ކޮޅުން އެކި ފިހާރަ ތަކުން ކިރުދަޅު ވަގަށް ނަގާ މައްސަލާގައި މީގެ ފަސްމަހެއްހާ ދުވަސް ކުރިން ޢާއްމު ކޮށް މީހަކު ހޯދަން ފުލުހުން އިޢުލާނު ކޮށްފައި ވަނިކޮށް ރޭ އޭނާ އަތުލައިގަނެފައި ވާއިރު، ފުލުހުން ކުރިން ޢާއްމު ކުރި ވީޑިޔޯއިން ވެސް ދެފަހަރަށް އޭނާ އެއްފިހާރަ އަކަށް އެއް ވަގުތެއްގެ ތެރޭގައި ވަދެ އެއް ގޮތަކަށް ގިނަ އަދަދެއްގެ ކިރުދަޅު ތަކެއް ވަގަށް ނަގާފައިވެއެވެ.

ލިންކް: ކިރުދަޅު ވަގު މާފަންނު އިހުސާން ފިހާރައިން ވައްކަން ކުރަނީ

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.