ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު މުޖްތަމައުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދޭންޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެހީވުމުގެ ގޮތުން "ފާލަން" ގެ ނަމުގައި އުފެއްދި ޖަމިއްޔާ އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ ޝިހާމް ވިދާޅުވީ "ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ވަޒީފާގެ ފުރުސަތުތަކާއި އެހެނިހެން ހިދުމަތްތައް މުޖްތަމައުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދޭންޖެހޭ"ކަމަށެވެ. އަދި "ރާއްޖޭގައި މިހާރުވެސް 1600 އަށް ވުރެ ގިނަ ދަރިވަރުން ނުކުޅެދޭ ކުދިންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ"ކަމަށެވެ.
ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާގައި ރޭ އިފްތިތާހް ކުރި "ފާލަން" ޖަމިއްޔާގެ މަޤްސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ މަގު ތަނަވަސްކޮށް ދިނުމެވެ. އެގޮތުން އެފަދަ ކުދިންނާއި މީހުންނަށް ބޭނުންވާ އެކި އާލަތްތައް ހޯދާދިނުމަށް އެހީތެރިވުމާއި، ގާނޫނީ ގޮތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމާއި، މީހުންގެ ގޭގެއަށް ގޮސް އެހީތެރިކަން ވެދިނުމާއި، ނަފްސާނީ އަދި އިލްމީ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޖަމިއްޔާއިން ބުންޏެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...