ދުނިޔޭގެ އެންމެ ވަރި ގިނަ ގައުމުގެ ރެކޯޑް މުގުރާލައިގެން ދުނިޔޭގެ ރެކޯޑް ފޮތުން ދިވެހިރާއްޖެ ޖާގަ ހޯދައިފިއެވެ.
ދުނިޔޭގެ އެންމެ ވަރި ގިނަ ގައުމުގެ ގޮތުގައި ދިވެހިރާއްޖެއިން ގިނީސް ބުކް އޮފް ވޯލްޑް ރިކޯޑްސް" ނުވަތަ ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދާފައި ވާއިރު، ދިވެހިރާއްޖޭގެ ކޮންމެ 1000 މީހަކަށް އަހަރަކު 10.97 ވަރި ރެކޯޑް ކުރެވިފައިވާ ކަމަށް އދ.ގެ ތަފާސް ހިސާބު ތަކާ ޙަވާލާދީ ވަނީ ބުނެފައެވެ.
މުޅި ދުނިޔޭގައި ދެ ވަނަ އަށް އެންމެ ވަރި ގިނަ ބެލާރޫސްގައި ވެސް ވަރީގެ ނިސްބަތް ކޮންމެ 1000 މީހަކަށް 4.63 ވަރީގައި އުޅޭއިރު މި ލިސްޓުން ތިން ވަނަ ހޯދާފައިވާ އެމެރިކާގައި ވަރީގެ ނިސްބަތް އުޅެނީ ކޮންމެ 1000 މީހަކަށް 4.34 ވަރީގެ ގޮތުގައެވެ.
އެހެން ކަމުން ދުނިޔޭގެ ދެވަނަ އަދި ތިންވަނަ އަށް އެންމެ ވަރި ގިނަ ޤައުމު ތަކުގެ ވަރީގެ ނިސްބަތް އެއްކޮށްލުމުން ވެސް ކައިރި މުސްތަޤްބަލެއްގައި ވެސް ދިވެހިރާއްޖެ އާއި ފައިހަމަ ކޮށްނުލެވޭނެ ކަމަށް މި ހިސާބު ތަކުން ވަނީ ދައްކާފައެވެ.
ދުނިޔޭގެ އެންމެ ވަރި ގިނަ ގައުމު ތަކުގެ ލިސްޓްގެ ހަތަރު ވަނާގައި ކިއުބާ އޮތްއިރު ފަސް ވަނާގައި އޮތީ އެސްޓޯނިއާއެވެ.
އަދި މި ލިސްޓުގެ ހަ ވަނަގާއި ޕެނަމާ އޮތްއިތު ހަތް ވަނާގައި އޮތީ ޕުއެޓޮރިކޯ އެވެ.
އަދި ދުނިޔޭގެ އެންމެ ވަރި ގިނަ ގައުމުތަކުގެ ލިސްޓުގެ އަށް ވަނާގައި ޔުކްރެއިން އޮތް އިރު ނުވަ ވަނާގައި ރަޝިއާއަދި ލިސްޓްގެ 10 ވަނާގައި އޮތީ އެންޓީގާ އެންޑް ބާބިއުޑާއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...