ރާއްޖޭގެ ޚަބަރު ފުވައްމުލަކުގައި ބްލޫޒް ފޮރް ޔޫތު ކޭމްޕް ފަށައިފި

ފުވައްމުލަކުގައި ބްލޫޒް ފޮރް ޔޫތު ކޭމްޕް ފަށައިފި

ފުވައްމުލަކުގައި ބްލޫޒް ފޮރް ޔޫތު ކޭމްޕް ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފުރާވަރުގެ ކުދިންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެ ފުލުހުން ކުރިޔަށް ގެންދާ “ބްލޫޒް ފޮރ ޔޫތު” ކޭމްޕެ ފުވައްމުލަކުގައި ފަށައިފިއެވެ.

އިއްޔެ ފުވްއަމުލަކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިކޭމްޕު އިފްތިތާޙް ކޮށްދެއްވީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަލީ ފަޒާދުއެވެ.

ބްލޫޒް ފޮރ ޔޫތު މިނަމުގައި ފުލުހުން ބާއްވާ ކޭމްޕަކީ ފުރާވަރުގެ ކުދިންނާއި ޒުވާނުން ކުށުގެ ބިރުވެރިކަމުން ދުރުކޮށް ޤައުމީ ކަންކަމުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް މަގުފަހިކުރުމުގެ ގޮތުން ހިންގާ ކޭމްޕެކެވެ. މީގެ އިތުރުން ވަޒީފާގެ ބާޒާރަށް އެޢުމުރުގެ ކުދިންނާއި ޒުވާނުން އަހުލުވެރި ކުރުވައި، ސިފަވަންތަ، ޤައުމީ ލޯބި ލިބިގެންތިބި ބަޔަކަށް ހެދުމަކީވެސް މިފަދަ ކޭމްޕެއް ހިންގުމުގެ މަޤްޞަދުތެރޭގައި ހިމެނޭ ކަމެކެވެ.

ޢުމުރުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ބައިވެރިވެވޭގޮތަށް ބާއްވާ މިކޭމްޕު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ 2014 ޖެނުއަރީ 5 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް ފޭދޫ ފޮނޮޅުގައެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި މިކޭމްޕު މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކުގައި މިފެށުނު ކޭމްޕު އިފްތިތާހް ކޮށްދެއްވުމަށްފަހު އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ މިޕްރޮގްރާމުގެ ސަބަބުން ފުވައްމުލަކު ސުކޫލްތަކުގެ ދަރިވަރުންގެ މެދުގައި ރަނގަޅު އަޚްލާޤާއި ސުލޫކް އަދި ކަންކަމުގައި އިސްނަގައި ޙަރަކާތްތެރިވުމުގެ ރޫހް ކޭމްޕުގެ ބައިވެރިންގެ ކިބައިގައި އުފެދިގެން ދާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. މިއާއެކު މިފަދަ ހަރުދަނާ ޕްރޮގްރާމުތައް ހިންގުމަށް ފުވައްމުލަކު އަތޮޅު ކައުންސިލްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ފުލުހުންނަށް އަބަދުވެސް ދެއްވާނެކަމުގެ ޔަޤީންކަންވެސް އަތޮޅު ކައުންސިލްގެ ރައީސް ވަނީ ދެއްވާފައެވެ. މީގެ އިތުރުން ކޭމްލުގެ ހުރިހާ ބައިވެރިންވެސް ކޭމްޕުން ލިބޭ ހުރިހާ މަޢުލޫމާތުތަކެއް ލިބިގަތުމަށާއި ކޭމްޕު ފުރިހަމަ ކުރުމަށް ކޭމްޕުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަތެވެ.

ފުވައެްމުލަކުގައި 2014 ޖެނުއަރީ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މިކޭމްޕުގެ ބައިވެރިންނަށް ގިނަ ހުނަރުތަކަކާއި ޢަމަލީ ކަންކަން ދަސްކޮށްދެވޭނެކަމުގައި ފުވައްމުލަކުގެ ކޮމާންޑަރު ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ސޮފްވަތު ރައޫފު ވިދާޅުވިއެވެ. މިގޮތުން ކޭމްޕުގެ ބައިވެރިންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ލޯބި އަށަގަންނުވަން މަސައްކަތްކޮށްދީ ފުލުހުންގެ ތަމްރީނު ތަކުގެ ބައެއް ހުނަރުތައް ގެންގޮސްދެވޭކަމުގައިވެސް ސޮފްވަތު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޏ. ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ސްކޫލްތަކުގެ ވެރިންނާއި ރަށު ކައުންސިލްތަކުގެ ރައީސުންނާއި ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންނާއި އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.