މިއަހަރުގެ އެއްބައިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމުކޮށްގެން މުޅި ރާއްޖޭގައި މިއަދު ބޭއްވި ސާފުކުރުމުގެ ޕްރޮގެރާމުގައި ގިނަ ޢަދަދެއްގެ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ޢާއްމު މުވައްޒަފުން ބައިވެރިވެއްޖެއެވެ.
އިއްޔެ ހެނދުނު 07:30 ފެށިގެން މާލޭގައި ހިންގު ސާފުކުރުމުގެ ޕްރޮގްރާމުގައި ފުލުހުން ޙަރަކާތްތެރިވެފައިވަނީ ރާޅުގަނޑު ސަރަޙައްދުން ފެށިގެން ޓީޖެޓީ އާއި ހަމައަށް އޮތް ސަރަޙައްދު ސާފު ކުރުމާއި މާލޭ ފަޅުތެރެ ސާފުކުރުމުގައެވެ. މީގެ އިތުރުން ހުޅުމާލޭގައި ޙަރަކާތްތެރިވާ ފުލުހުން ހުޅުމާލޭގައި ހިންގި ސާފު ކުރުމުގެ ޕްރޮގްރާމްތަކުގައި ޙަރަކާތްތެރިވެފައިވާއިރު ވިލިމާލޭގައި ހިންގި ޕްރޮގްރާމުގައި ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުންވެސް ވަނީ ބައިވެރިވެފައެވެ.
މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢުމަރު ނަޞީރު އިފްތިތަޙް ކޮށްދެއްވައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި މިއަދު ކުރިޔަށްދިޔަ ސާފުކުރުމުގެ ޕްރޮގްރާމުގައި ފުލުހުންގެ ފަރާތުން ދައްކުވައިދީފައިވަނީ ރައްޔިތުންނާއެކު ޤައުމީ މިސައްކަތުގެ އެންމެ އިސްސަފުގައި ފުލުހުން ތިބޭނެކަމުގެ ފުރިހަމަ މިސާލެކެވެ. މިގޮތުން މުދާއި އެއްގަމުގައި ފުލުހުން މިއަދު ޙަރަކާތްތެރިވެ ވަނީ ގިނަ ޢަދަދެއްގެ ކުނި ނަގައި ބޮޑު ސަރަޢްދެއް ސާފުކޮށް ކުނިތައް އުކާލުމުގައި އެހީތެރިވެދީފައެވެ.
ރާއްޖޭގެ އެކިކަން ކޮޅުތަކުގައި ކުރިޔަށްގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމުތައް ކުރިޔަށްދިޔައިރު ޢާއްމު ގޮތެއްގައި ފުލުހުން ޙަރަކާތްތެރިވި ރަށްރަށުގެ ތެރެއިން ސާފުކުރުމުގެ ޙަރަކާތްގެންދިޔަ ރަށްރަށުގައި ފުލުހުން ވަނީ ބައިވެރި ވެފައެވެ.
އިއްޔެ ހިންގުނު މި ޕްރޮގްރާމްގައި މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއް ވަނީ ސާފުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...