ރާއްޖޭގެ ޚަބަރު އަނދައިގެން ދިޔަ މަށި، ރޯހައުސް ތަކުގައި ދިރިއުޅުނު އާއިލާ ތަކަށް، ވަގުތީ ފްލެޓް ދީފި

އަނދައިގެން ދިޔަ މަށި، ރޯހައުސް ތަކުގައި ދިރިއުޅުނު އާއިލާ ތަކަށް، ވަގުތީ ފްލެޓް ދީފި

އަނދައިގެން ދިޔަ މަށި، ރޯހައުސް ތަކުގައި ދިރިއުޅުނު އާއިލާ ތަކަށް، ވަގުތީ ފްލެޓް ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިއްޔެ ހުޅުމާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި އަނދައިގެންދިޔަ މަށި، ރޯހައުސް ތަކުގައި ދިރިއުޅޭ އާއިލާތަކަށް، ވަގުތީގޮތުން ފްލެޓް ދީފައިވާކަމަށް، ހައުސިން ޑިވެލްޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ބުނީ، އެފަރާތްތަކަށް ދީފައިވަނީ، ސީ ކެޓަގަރީގެ ފްލެޓްތަކުގެ ތެރެއިން، ބާކީ ނުދީ ހުރި ފްލެޓްތަކުގެ ތެރެއިން ފްލެޓްތަކެއް ކަމަށާއި، އެފަރާތްތަކަށް ފްލެޓްތައް ދީފައިވަނީ، އަނދާފައިވާ ރޯހައުސްތައް އަލުން މަރާމާތުކޮށް ނިމެންދެން ކަމަށެވެ.
ހުޅުމާލޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި، އަނދައިގެންދިޔަ ރޯހައުސްތަކުގައި އުޅުނު ސާދަ އާއިލާއަށް އެޗްޑީސީއާއި، ހައުސިން މިނިސްޓްރީ ގުޅިގެން ލާލޭ އިންޓަރނޭޝަނަލް ސްކޫލުން ވަގުތީ ބޯހިޔާވަހިކަން ދީފައިވާއިރު، އޭގެ ތެރެއިން، އެއް އާއިލާ ފިޔަވާ އެހެން އާއިލާތައް މިހާރު ވަނީ ވަގުތީ ފްލެޓްތަކަށް ބަދަލުކޮށްފައެވެ.
ވަގުތީ ފްލެޓަށް ބަދަލު ނުވާ އާއިލާވަނީ، އެމީހުން ކުރިން ދިރިއުޅުނު ތަން މަރާމާތުކޮށްގެން އެތަނަށް ބަދަލުވެފައެވެ.
ހުޅުމާލޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެނދި ރޯހައުސް މަށި، އެކެއް ދޭއް ތިނެއް އަދި ހަތަރެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާ އިރު، މަށި ރޯހައުސް ފަހެއް ހައެއް އަދި ހަތަކަށްވެސް އަލިފާނުގެ އަސަރުވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.
އިއްޔެ ހިނގި މި ނުރައްކާތެރި އަލިފާނުގެ ޙާދިސާ ހިނގުމާއި އެކު ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވަނީ މި ޙާދިސާގައި ގެދޮރު ގެއްލުނު ފަރާތްތަކަށް ވަގުތީ ގޮތުން ފްލެޓް ތައް ދޫކުރާނެ ކަމަށް ވިދާޅުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.