ލ މުންޑޫ ބަނދަރު ސަރަހައްދުގައި މަރުވެފައި އޮތް މީހަކާއި ޙާލުދެރަވެފައި އޮތް ކުއްޖަކު ފެނިއްޖެއެވެ.
މިކަން ކަށަވަރު ކޮށްދެމުން ފުލުހުން ބުނީ ލ މުންޑޫ ބަނދަރު ސަރަހައްދުގައި ދެ ކުއްޖަކު ވެއްޓިފައި އޮތް މައްސަލައެއް ރޭ އިރާކޮޅު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ނަވާރަ އަހަރުގެ ފިރިހެނަކު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައި ވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މީގެ އިތުރުން ބަނދަރު ސަރަޙައްދަށް ވެއްޓިފައިވާ އަނެއް ކުއްޖާއަކީ ޢުމުރުން ސަތާރަ އަހަރުގެ ކުއްޖެއް ކަމަށާއި، އެ ކުއްޖާ އަށް ލ ގަމު ރީޖަނަލް ހޮސްޕިޓަލް ގައި މިހާރު ފަރުވާ ދެމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ޙާދިސާގައި މަރުވި މީހާއާއި ޙާލު ދެރަވެ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވާ ސަތާރަ އަހަރުގެ ކުއްޖާ އަކީ އަމިއްލަ އަށް ކެއްކި ބަނގުރާ ބޮއެގެން ވެއްޓުނު ދެ މީހުން ކަމަށް އެ ރަށުގެ ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން މި ޙާދިސާގައި ޙާލު ދެރަވި ސަތާރަ އަހަރުގެ ކުއްޖާ ވެސް ވަނީ ސީރިއަސް ޙާލަތެއްގައެވެ.
ލ މުންޑޫ ބަނދަރު ސަރަހައްދުގައި މަރުވެފައި އޮތް މީހަކާއި ޙާލުދެރަވެފައި އޮތް ކުއްޖަކު ފެނިއްޖެ
ކޮމެންޓް (0)
ލޯޑް ކުރަމުން...