ހއ ފިއްލަދޫ ވަޑާން ގެއަކުން ވަގަށް ނަގާފައިވާ ސާމާނު ތަކެއް ހޯދައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ހއ.ފިއްލަދޫ ވަޑާންގެއަކުން ވަގަށް ނަގާފައިވާ ސާމާނުތަކެއް ހޯދައި، މިމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ޢުމުރުން ސާޅީސް އެއް އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާ ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، ހއ. ފިއްލަދޫ ވާޑާންގެއިން ވަގަށް ނަގާފައިވާ ސާމާނު ތައް ހޯދާފައިވަނީ މިތަކެތި ވިއްކުމަށް ޓަކައި ހއ. ވަށަފަރަށް ގެންގޮސްފައި ވަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައްސަލަ ހއ.ދިއްދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަޙްޤީޤް ކުރަމުން ގެންދާ ކަމަށް ފުލުހން ވަނީ ބުނެފައެވެ.
ވަޑާން ގެއަކުން ވަގަށް ނަގާފައިވާ ސާމާނު ތަކެއް ހޯދައި މީހަކު ހައްޔަރު ކޮށްފި
ކޮމެންޓް (0)
ލޯޑް ކުރަމުން...