ރާއްޖޭގެ ޚަބަރު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިއަދު އައު ބޭފުޅަކު ހަމަޖައްސަވައިފި

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިއަދު އައު ބޭފުޅަކު ހަމަޖައްސަވައިފި

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިއަދު އައު ބޭފުޅަކު ހަމަޖައްސަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް މިއަދު އައު ބޭފުޅަކު ހަމަޖައްސައިފިއެވެ.
މިކަން ކަށަވަރު ކޮށްދެއްވަމުން ޕީޕީއެމްގެ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އަލަށް ހަމަޖައްސަވާފައި ވަނީ އެ ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމުގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންފައިވާ މުހައްމަދު ޒުހައިރު ކަމަށާއި، އޭނާ އަށް ވަރަށް ހޫނު މަޜުހަބާ އެއް ވިދާޅުވާ ކަމަށެވެ.
މީގެ އިތުރުން އޭނާ އަށް ކާމިޔާބު ކުރިމަގަކަށް ވެސް ރައީސް މައުމޫން ވަނީ އެދިވަޑައިގެންފައެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް މިއަދު ހަމަޖެއްސެވި މުޙައްމަދު ޒުހައިރު އެ މަޤާމަށް ހަމަޖެއްސެވީ ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލު ވުމުގެ އިއްތިފާޤުން އެގޮތަށް ފާސް ކުރެއްވުމުން ކަމަށް އެ ޕާޓީން ވެސް ވަނީ ބުނެފައެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ހަމަޖެއްސެވި މުޙައްމަދު ޒުހައިރަކީ ޕީޕީއެމްގެ އިސް ޙަރަކާތްތެރިއެއްގެ އިތުރުން ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބުރާހީމް ކުރިން ހިންގެވި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން،، ޝީގައި ވެސް އިސްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ޒަހާ ވަހީދު ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ހަވާލުވެވަޑައި ގަތުމަށް ފަހު ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.