އުރީދޫގެ ތްރީޖީ ޕްލަސް ނެޓްވޯކް އިތުރު ތޭރަ ރަށަކަށް ތަޢާރަފް ކޮށް އުރީދޫގެ ޚިދުމަތް ފުޅާކޮށްފި އެވެ.
މިކަން ހާމަ ކޮށް އުރީދޫއިން ނެރުނު ބަޔާނެއްގައި ބުނީ، އުރީދޫ އިން އަލަށް ތްރީޖީ ޕްލަސްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފް ކޮށްފައިވަނީ ކ. ގާފަރަށާއި ރ. ވާދޫއަށާއި ކ. ހުރަޔަށާއި ދ. ހުޅުދެއްޔަށާއި ށ. ފޯކައިދޫ އަށާއި މ. ދިއްގަރަށާއި ރ. މާކުރަތަށާއި ކ. ގުރައިދޫ އަށާއި މ. މުއްޔަށާއި ނ. މަނަދޫ އަށާއި ތ. ވޭމަންޑޫގެ އިތުރުން ތ. ގުރައިދޫ އަދި ލ. ގަމު ތުނޑިއަށް ކަމަށެވެ.
އުރީދޫ އިން ބުނީ އެ ކުންފުނިން އަލަށް ތްރީޖީ ޕްލަސްގެ ޚިދުމަތް ތަޢާރަފް ކުރި ތޭރަ ރަށާއި އެކު ރާއްޖޭގައި އުރީދޫގެ ތްރީޖީ ޕްލަސް ނެޓްވޯކު ލިބޭ ރަށްތަކުގެ އަދަދު ސަތޭކަ ފަސްދޮޅަށް ހަޔަކަށް އަރާފައި ވާކަމަށާއި، ދެހާސް ފަސް ވަނަ އަހަރުން ފެށިގެން ފުޅާ ދާއިރާ އެއްގައި ދިވެހިރާއްޖެއަށް މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދެމުން ގެންދާ ވަޠަނިއްޔާގެ ނަން އުރީދޫ އަށް ބަދަލު ކޮށް ރީބްރޭންޑް ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވެސް މި ހަފްތާގެ ތެރޭގައި އުރީދޫ އިން ވަނީ އިތުރު އަށް ރަށަކަށް ތްރީޖީ ޕްލަސްގެ ޚިދުމަތް ތަޢާރަފް ކޮށްފައެވެ.
އަހަރު ނިމެން ދެތިން ދުވަހަށް ވެފައި ވަނިކޮށް އުރީދޫއިން ބުނީ އެކުންފުނިން މަސައްކަތް ކުރަމުން ގެންދަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އަށްޑިހަ ހަތަރެއް އިންސައްތަ މީހުން ދިރިއުޅޭ ރަށްތަކަށް ތްރީޖީ ޕްލަސް ނެޓްވޯކު ތައާރަފް ކުރުމަށް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...