ރާއްޖޭގެ ޚަބަރު ހުޅުމާލޭ " މަށި " ރޯހައުސްގައި ރޯވެއްޖެ

ހުޅުމާލޭ " މަށި " ރޯހައުސްގައި ރޯވެއްޖެ

ހުޅުމާލޭ " މަށި " ރޯހައުސްގައި ރޯވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާލެ ރޯހައުސްއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.

މިކަން ކަށަވަރު ކޮށްދެމުން ދިވެހި ޤައުމީ ދިފާޢީ ބާރުން ބުނީ އަލިފާން ރޯވެފައިވަނީ ހުޅުމާލެ ރޯހައުސް މަށި 1، 2، 3 އަދި 4 ގައި ކަމަށެވެ.

އަލިފާން ނިއްވުމުގައި ސިފައިން ޙަރަކާތްތެރި ވަނީ

އަލިފާން ނިއްވުމުގައި ސިފައިން ޙަރަކާތްތެރި ވަނީ

މިހާދިސާގައި ހުޅުލޭ ޕޯސްޓުގައި ތިބި ފަޔަރ މަނުން ނާއި އެއާޕޯޓްގައި ބޭނުން ކުރާ އަލިފާން ނިއްވާ ބައެއް އާލާތްތައް ބޭނުން ކޮށްގެން އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުން ދާއިރު، މާލެއިން އިތުރު ފަޔަރ ފައިޓަރުންނާއި އަލިފާން ނިއްވުމަށް ބޭނުންކުރާ އިތުރު ސާމާނާއި އެކު ގޮސްފައި ވާކަމަށް ސިފައިންގެއިން ވަނީ ބުނެފައެވެ.

އަލިފާން ނިވުމުން ދުންއެރުން ހުއްޓުވަށް ފެންޖަހަނީ

އަލިފާން ނިވުމުން ދުންއެރުން ހުއްޓުވަށް ފެންޖަހަނީ

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސަސް އިން ބުނީ ހުޅުމާލޭ މަށި ރޯހައުސް ތަކުގައި ރޯވި ނަމަވެސް މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މަޢުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

އަލިފާން ނިއްވުމަށް ސިފައިން ޙަރަކާތްތެރިވަނީ

އަލިފާން ނިއްވުމަށް ސިފައިން ޙަރަކާތްތެރިވަނީ

އަދި މި ޙާދިސާ ހިނގަން މެދުވެރިވީ ސަބަބެއް ވެސް އެއްވެސް ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.

ފުރާޅުން ޓިނު ނަގައިގެން ފެންޖަހަނީ

ފުރާޅުން ޓިނު ނަގައިގެން ފެންޖަހަނީ

މި ޙާދިސާގައި " މަށި " ރޯހައުސް 5 އަދި 6 އަށް ވެސް އަލިފާނުގެ އަސަރުކޮށް ގެއްލުން ލިބިފައި ވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.