ރާއްޖޭގެ ޚަބަރު ބަޖެޓާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާ ނުކުރޭ: ޤާޞިމް

ބަޖެޓާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާ ނުކުރޭ: ޤާޞިމް

ބަޖެޓާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާ ނުކުރޭ: ޤާޞިމް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ބަޖެޓް އެކުލަވާ ލުމުގައި ސަރުކާރުން އެ ޕާޓީ އާއި މަޝްވަރާކޮށްފައި ނުވާ ކަމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު އެއް ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ގެންދިޔަ ބަޖެޓް ބަހުސްގެ މަރުޙަލާގައި ވާހަކަ ދައްކަވަމުން ބަޖެޓް ކޮމެޓީގެ މުގައްރިރު ކަން ވެސް ކުރެއްވި ގާސިމް އިބްރާހިމް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ބަޖެޓު ދިރާސާ ކުރި ކޮމިޓީގައި ވެސް ޖުމްހޫރީ ޕާޓީ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައިވެރި އަކަށްވީ ނަމަވެސް ބަޖެޓު ހެދިގެން ދިޔަ އިރު ސަރުކާރާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށާއި، ބަޖެޓާއި ގުޅޭގޮތުން އެ ޕާޓީން އެއްވެސް ލަފައެއް ވެސް ދީފައި ނުވާނެ ކަމަށެވެ.

އެހެން ކަމުން މިއަދު ޖުމްހޫރީ ޕާޓީން ބަޖެޓަށް ހުށަހެޅުއްވި އިސްލާޙު ތަކަކީ ވެސް އެފަދަ މަޝްވަރާ ތަކެއް ކުރެވިފައި ނުވާތީ ހުށަހެޅިގެން ދިޔަ އިސްލާޙު ތަކެއް ކަމަށާއި، ކުރިން މަޝްވަރާ ކުރެވުނު ނަމަ ދެފަރާތުން އެއްބަސްވާ ގޮތަށް އިސްލާހުތައް ގެނައުމުގެ ފުރުޞަތު އޮތް ކަމަށް ޤާޞިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ބަޖެޓަށް 14 އިސްލާހެއް ހުށައަޅުއްވާފަ އެވެ. އޭގެ ތެރޭގައި ބަޖެޓުގެ އަދަދަށް ބަދަލު ނާންނާނެ ގޮތަށް ލޯކަލް ގަވާމެންޓް އޮތޯރިޓީގެ ބަޖެޓަށް ހަ މިލިއަން އިތުރު ކުރުމަށާއި ޔުނިވާސިޓީގެ ބަޖެޓަށް 10 މިލިއަން އިތުރުކުރުމާއި ޕީޖީ އޮފީހުގެ ބަޖެޓަށް ފަސް މިލިއަން އިތުރުކުރުން ހިމެނެ އެވެ.

ރައީސް ޑރ ވަޙީދު ޕީޕީއެމަށް ސޮއި ކުރެއްވި ރަސްމިއްޔާތުގައި މަޖިލީހުން ބަޖެޓަށް އިސްލާޙު ގެންނަމުންދާތީ އެކަމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ ރައްޔިތުން ވެރިކަން ހިންގުމަށް ޙަވާލު ކޮށްފައި ވަނީ ސަރުކާރާއި ކަމަށެވެ. އެހެން ކަމުން ސަރުކާރުން ހުށަހަޅާ ބަޖެޓަށް ބަދަލުތައް ނުގެނެސް ބަޖެޓު ހުށަހަޅާ ގޮތަށް ފާސްކޮށްދޭން ޖެހޭ ކަމަށާއި އެހެން ނޫނީ ރައްޔިތުންނަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރަށް ދަތިވާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.