އޮޑިޓް ރިޕޯޓު ހުށަހަޅަންޖޭ މުއްދަތު ހަމަވިއިރު އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާ ހަތް ސިޔާސީ ޕާޓީއެއް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާ ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިދިޔަ އަހަރުގެ އަހަރީ ހިސާބު ތަކުގެ އޮޑިޓް ރިޕޯޓު ހުށަހަޅަންޖެހޭ މުއްދަތު ހަމަވީ އިރު ވެސް ހަތް ޕާޓީ އަކުން އޮޑިތް ރިޕޯޓް ހުށަހަޅާފައި ނުވާކަމަށާއި އެ ހަތް ޕާޓީ ވެސް ބައިލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފައި ވާކަމަށެވެ.
އޮޑިޓް ރިޕޯޓު ހުށަހަޅަންޖެހޭ މުއްދަތު މިއަހަރުގެ މެއި މަހުގެ ސާދަ ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު އޮޑިޓް ރިޕޯޓް ހުށަނާޅާއިގެން ޖޫރިމަނާ ކޮށްފައިވާ ހަތް ޕާޓީއަކީ، މޯލްޑިވްސް ރިފޯމް މޫވްމަންޓާއި ދިވެހި ރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އާއި ޕީޕީޕަލްސް ޕާޓީ އާއި ސޯޝަލް ލިބަރަލް ޕާޓީ އާއި މޯލްޑިވިއަން ނޭޝަނަލް ކޮންގްރެސްގެ އިތުރުން ޕީޕީޕަލްސް އެލަޔަންސާއި މޯލްޑިވިއަން ލޭބާ ޕާޓީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އަލަށް ފާސްކުރި ސިޔާސީ ޕާޓީ ތަކުގެ ޤާނޫނާއި އެކު ކުދި ޕާޓީ ތަކަށް ބޮޑެތި ހުރަސް ތަކާއި ކުރިމަތި ވެފައި ވާއިރު، އެއްވެސް ޙަރަކާތެއް ނުހިންގާ އަހަރުން އަހަރަށް ދައުލަތުގެ ބަޖެޓުން އެތައް މިޔަން ރުފިޔާ އެއް މި ޕާޓީ ތަކުން ނަގަމުން ގެންދާ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ.
އެހެން ކަމުން ކުދި ޕާޓީ ތަކަށް ހުރި ހުރަސް ތަކާއި ގުޅިގެން ދާދި ފަހުން ރައީސް ޑރ މުޙައްމަދު ވަޙީދުގެ ޤައުމީ އިއްތިޙާދު ޕާޓީ އުވާލުމަށް އެ ޕާޓީގެ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.
މީގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް ވެސް މިހާރު އުވާލާފައި ވާކަމަށް މަޢުލުމާތު ލިބެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...