ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިންގެ ހުރިހާ މަރުކަޒުތަކެއްގައި އެއްމިނިޓްގެ ސުކޫތެއް ގެނެސްފިއެވެ.
މިއަދު ހެނދުނު 09:20 ގައި މާލޭގައި ބަންޑާރަކޮއްޓާއި ކަޅުއްކަލާކޮށީގެ އިތުރުން، އެމްއެންޑީއެފް އޭރިއާ ހެޑްކްއޯޓަރޒްތައްކަމަށްވާ އެމްއެންޑީއެފް ސަދަން އޭރިއާ، އެމްއެންޑީއެފް ނޮދަން އޭރިއާ އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ސިފައިން ވަނީ މިސުކޫތުގައި ބައިވެރިވެ ހަމަހިމޭންކަމުގެ ވަގުތުކޮޅެއް ގެނެސްފައެވެ.
2004 ވަނަ އަހަރުން ފެށިގެން ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހަކީ، ރާއްޖެއަށް ކުރިމަތި ސުނާމީ ކާރިސާގައި މަރުވެދިޔަ މީހުންގެ ހަނދާން އާކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ސަރުކާރުން ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.
ސުނާމީ ކާރިސާއާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ރާއްޖޭގެ ކަންކޮޅުތަކުގައި ސިފައިން މަސައްކަތްކޮށްފައިވަނީ އެއްވެސް ފަސްޖެހުމެއްނެތި، ހިތްވަރާއި ފަންވަރުގައި ރައްޔިތުންގެ ޙަޤީޤީ ޚިދުމަތްތެރިންގެ ގޮތުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...