ރާއްޖޭގެ ޚަބަރު ފަރަށް އެރި ދޯންޏަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެން ފަށައިފި

ފަރަށް އެރި ދޯންޏަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެން ފަށައިފި

ފަރަށް އެރި ދޯންޏަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނ.ރަންދެލިން ފުރައިގެން މާލެ ދަތުރުކުރި "ޚަޒާނާ" ނަމަކަށް ކިޔާ ދޯންޏެއް ފަރަށް އެރުމާއި ގުޅިގެން އެދޯންޏަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދެން ފަށައިފިއެވެ

މިހާދިސާގެ މަޢުލޫމާތު ރޭ ދޭއް ޖަހާކަންހާއިރު އެމްއާރުސީސީއަށް ލިބުމާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ "ކާނި" ލޯންޗް ޑައިވަރުންނާއެކު އެސަރަހަށްދަށް ވަނީ ފޮނުވާފައެވެ.

ސިފައިން އެހީތެރިވަނީ

ސިފައިން އެހީތެރިވަނީ


ފަސް ފަޅުވެރިންނާއެކު ދަތުރުކުރި 95 ފޫޓްގެ މިދޯނި އަރާފައިވަނީ ކ.ގާފަރުގެ އިރުމަތީ ފަރާތުގެ ފަރަށެވެ.

މިހާދިސާގައި އެދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

ސިފައިންގެ އެހީގައި ގާފަރަށް މީހުން ބާލަނީ

ސިފައިންގެ އެހީގައި ގާފަރަށް މީހުން ބާލަނީ


މިއަދު ހެނދުނު 0700 އިން ފެށިގެން މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ދަނީ އެދޯންޏަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ދޯނި ދަތުރުކުރި 5 މީހުން ޑިންގީއަށް ނެގުމަށްފަހު މިހާރުވަނީ ކ.ގާފަރަށް ރައްކާތެރިކަމާއެކު ގެންދެވިފައެވެ.

މި ޙާދިސާ ހިނގަން މެދުވެރިވީ ސަބަބެއް އެއްވެސް ފަރާތަކުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.