ރާއްޖޭގެ ޚަބަރު ޤަވާއިދާއި ޚިލާފަށް ދެ ސަފާރީއެއްގައި ގެންގުޅުނު ރާފުޅި ތަކެއް ފުލުހުންގެ އަތުލައިގެންފި

ޤަވާއިދާއި ޚިލާފަށް ދެ ސަފާރީއެއްގައި ގެންގުޅުނު ރާފުޅި ތަކެއް ފުލުހުންގެ އަތުލައިގެންފި

ޤަވާއިދާއި ޚިލާފަށް ދެ ސަފާރީއެއްގައި ގެންގުޅުނު ރާފުޅި ތަކެއް ފުލުހުންގެ އަތުލައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާލެ ފަޅުތެރޭގައި އޮތް ދެސަފާރީއަކުން ޤަވާއިދާއި ޚިލާފަށް ގެންގުޅުނު ބަނގުރާފުޅިތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ބައެއް ސަފާރީތަކުން ޤަވާއިދާއި ޚިލާފަށް ބަނގުރާ ހުޅުމާލެއަށް އަރުވައި އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭއިރާކޮޅު 19:55 ހާއިރު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭ ފަޅުގައި އޮތް “ހަނދު” ނަމަކަށްކިޔާ ސަފާރީއަކާއި “ހަނދުފަޅި” ނަމަކަށްކިޔާ ސަފާރީއެއް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާއެއްޗެއްހުރި 106 ފުޅިއާއި 784 ދަޅު ފެނުމާއެކު އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަނގުރަލާއި އޫރުމަސް ގެންގުޅުމުގެ ޤަވާއިދާއި ޚިލާފުވެފައި ވާތީއެވެ.

މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.