ރާއްޖޭގެ ޚަބަރު ހިތަދޫ ސެލޫނަކުން ވައްކަންކުރަން މަސައްކަތް ކުރި މީހަކު އަތުލައިގެންފި

ހިތަދޫ ސެލޫނަކުން ވައްކަންކުރަން މަސައްކަތް ކުރި މީހަކު އަތުލައިގެންފި

ހިތަދޫ ސެލޫނަކުން ވައްކަންކުރަން މަސައްކަތް ކުރި މީހަކު އަތުލައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސ.ހިތަދޫ ސެލޫނަކުން ވައްކަންކުރަން މަސައްކަތް ކުރަމުންދިޔަ މީހަކު އަތުލައިގެންފިއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވަނީ 32 އަހަރުގެ ފިރިހެނެކެވެ. މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 32 އަހަރުގެ މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ އިތުރުން ފޭރުމުގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

އޭނާ ފުލުހުންގެބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ ހަވީރު 17:17 ހާއިރު ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ސެލޫންގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ވަދެ ވައްކަންކުރަން މަސައްކަތް ކުރަމުންދަނިކޮށް 17:30 ހާއިރު އޭނާ ވައްކަންކުރަން ވަދެ އުޅުނު ސެލޫންތެރެއިންނެވެ.

މި މައްސަލަ ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.