ރާއްޖޭގެ ޚަބަރު މަސްތުވާތަކެތީގެ މައްސަލައިގައި މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވައިފި

މަސްތުވާތަކެތީގެ މައްސަލައިގައި މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވައިފި

މަސްތުވާތަކެތީގެ މައްސަލައިގައި މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރި 05 މީހެއްގެ މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ ތ.ވިލުފުށި، އަތަމާގެ، އިބްރާހީމް އިނާޒް (32އ) އާއި ސ.ހުޅުދޫ، ރައިޙާނުގެ، ޝިމްޠާން ޢަލީ (27އ) އާއި ގއ.މާމެންދޫ، ބިލެތްމާގެ، މުޙައްމަދު ފަޒީން (24އ) އާއި ގއ.ވިލިނގިލި، ދެތަނޑިމާގެ، ޙުސައިން ޞިމާދު (33އ) އަދި ކ.މާލެ، މއ.ކޮޓްންވިލާ، އަޙްމަދު ޝަފްނީޒް (30އ) ގެ މައްޗަށެވެ.

މި ފަސް މީހުންގެ ތެރެއިން އިބްރާހީމް އިނާޒްގެ މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ 2013 އޭޕްރީލް 28 ވަނަދުވަހުގެ 16:23 ހާއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މައްސަލައާ ގުޅިގެންނެވެ. މި މައްސަލާގައި އިބްރާހީމް އިނާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ވަނީ ޕްޒިޓިވްވެފައެވެ.

ޝިމްޠާން ޢަލީގެ މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ 2013 މާރޗް 28 ވަނަދުވަހުގެ 13:05 ހާއިރު މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ތުޙުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 01 ރަބަރު ޕެކެޓް ފެނިފައިވާ މައްސަލައާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާތަކެތި ނަގައި ޓެސްޓްކުރިއިރު މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ޕްޒޮޓިވްވެފައިވާ މައްސަލައާ ގުޅިގެންނެވެ.

މުޙައްމަދު ފަޒީންގެ މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ 2012 މާރޗް 09 ވަނަދުވަހުގެ 10:57 ހާއިރު މުޙައްމަދު ފަޒީން މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މި މައްސަލާގައި މުޙައްމަދު ފަޒީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލައި ފާސްކުރިއިރު މީނާ ލައިގެން ހުރި ޖީންސް ޖީބުތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 02 ރަބަރު ޕެކެޓް ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ. މި މައްސަލާގައި މުޙައްމަދު ފަޒީންގެ ކުޑަކަމުދާތަކެތި ނަގައި ޓެސްޓުކުރިއިރު މަސްތުވާތަކެތީގެ ބާވަތަކަށް ވަނީ ޕްޒޮޓިވްވެފައެވެ.

މީގެއުތުރުން ޙުސައިން ޞިމާދު އަދި އަޙްމަދު ޝަފްޒީން ގެ މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ 2012 އޯގަސްޓް 05 ވަނަދުވަހުގެ 11:05 ހާއިރު މިދެމީހުން މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެފައިވާ މައްސަލައާ ގުޅިގެންނެވެ. މި މައްސަލާގައި މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާތަކެތި ނަގައި ޓެސްޓްކުރިއިރު މަސްތުވާތަކެތި ބޭނުންކޮށްގެން ތިބިކަމަށް ވަނީ ޕްޒިޓިވްވެފައެވެ. އަދި މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ސަރަޙައްދުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 01 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ.

މި މައްސަލަތަކުގެ ތަޙުޤީޤު ނިންމައި ދަޢުވާކުރުމަށް ޕީ.ޖީ އަށް އޮފީހަށް ފޮނުވާފައިވަނީ 2013 ޑިސެމްބަރު 12 ވަނަދުވަހުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.