ރޭ މާލޭގައި މީހަކު މަރާލި ބަޔަކު ހޯދުމުގައި ޢާއްމުންގެ އެހީތެރި ކަމަށް ފުލުހުން އެދިއްޖެ
ރޭ މާލޭގައި ތޫނު އެއްޗަކުން ޙަމަލާދީ 22 އަހަރުގެ ޒުވާނަކު މަރާލައި 18 އަހަރުގެ ޒުވާނަކަށް ޙަމަލާ ދިންބަޔަކު ހޯދުމުގައި ފުލުހުން ކުރަމުންދާ މަސައްކަތުގައި ޢާއްމު ރައްޔިތުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުންގެ އިލްތިމާސް ބެއްލެވުމަށް މި ލިންކަށް ފިތާލައްވާ
މިކަމަށް ފުލުހުން އެދިފައިވަނީ ޕޮލިސް ލައިފް މެދުވެރިކޮށް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަޒީމް ވަޙީދު ދެއްވި އިންޓަވިއުއެއްގައެވެ.
މިގޮތުން މއ. ޢާއިޝާ ޙުސައިން ވަޙީދު މަރާލި ޙާދިސާ ހިންގި ބައެއްގެ މަޢުލޫމާތު އެނގިވަޑައިގަންނަވާ އެއްވެސް ފަރާތެއް ވާނަމަ އެފަދަ މަޢުލޫމާތު ފުލުހުންނާ ޙިއްސާ ކުރެއް ވުމަށް އޭނާވަނީ އެދިވަޑައިގެންފައެވެ.
މިގޮތަށް ޙިއްސާ ކުރައްވާ މަޢުލޫމާތު ސިއްރުކުރައްވާނެކަމަށާއި އެމަޢުލޫމާތު ދެއްވާ ފަރާތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދެއްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިހެންކަމުން މިމައްސަލަ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ބޭފުޅަކުނަމަ ފުލުހުންނާ ހިލޭ ގުޅޭ ނަމްބަރު 119 ނޫންނަމަ 3322111 ނުވަތަ 9911099 ށް ގުޅުއްވައި އެމަޢުލޫމާތު ޙިއްސާ ކުރެއްވުމަށްވެސް ޢަޒީމް ވަޙީދު އެދިވަޑައިގަތެވެ.
ފުލުހުން ބަލަމުންދާ މިފަދަ މައްސަލަތަކުގައި ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ ތަރުޙީބެއް ލިބެމުންދާކަންވެސް ޢަޒީމް ވަޙީދު ވަނީ ޝުކުރުވެރި ކަމާއި އެކު ފާހަގަ ކުރައްވާފައެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...