ރާއްޖޭގެ ޚަބަރު ކައުންސިލް އިންތިހާބުގައި އޮބްޒާވަރު ކަމަށް އެދުމުގެ މުއްދަތު އިތުރު ކޮށްފި

ކައުންސިލް އިންތިހާބުގައި އޮބްޒާވަރު ކަމަށް އެދުމުގެ މުއްދަތު އިތުރު ކޮށްފި

ކައުންސިލް އިންތިހާބުގައި އޮބްޒާވަރު ކަމަށް އެދުމުގެ މުއްދަތު އިތުރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތު ހަރަކާތް ތެރިވާން އެދޭ ފަރާތްތައް އެކަމަށް އެދި ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

އިލްކްޝަންސް ކޮމިޝަނުން މިއަދު ބުނީ ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު މިއަދުން ފެށިގެން މި މަހުގައި ސައްބީސް ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް ފުރިހަމަ ކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި އިގުރާރު އެ ކޮމިޝަންގެ އިދާރާއިން ނާއި ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އިގުރާރު ފުރުހަމަ ކުރުމަށްފަހު އެ ތަކެތި ހުށަހަޅަން ޖެހޭނީ ރަށު ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓެއްގެ މަންދޫބެއް ނަމަ އެރަށެއްގެ އިލެކްޝަންސް ކޮމިޓީއަށް ކަމަށާއި އަތޮޅު ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓެއްގެ މަންދޫބެއްގެ އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ އެއަތޮޅެއްގެ އަތޮޅު އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިލި ކެނޑިޑޭޓޭއްގެ މަންދޫބެއްގެ އެޕްލިކޭޝަނެއް ނަމަ ހުށަހަޅަން ޖެހެނީ އައްޑޫ އިލެކްޝަންސް ޔުނިޓަށް ކަމަށާއި، މާލޭގައި ނަމަ ހުށަހަޅާނީ ކޮމިޝަނުގެ މައި އިދާރާ އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މިފަހަރުގެ އިންތިޚާބުގައި ނަމާއި އައިޑީ އަދި ފޮޓޯ ދިމާ ނުވާ ފަރާތްތަކަށް އޮބްޒާވް ކުރުމުގެ ފުރުޞަތެއް ނެތް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.