ރާއްޖޭގެ ޚަބަރު ފުވައްމުލަކު ގެއަކުން ވައްކަންކުރި ދެމީހަކާއި އެކު ވަގަށް ނަގާފައިވާ ސާމާނުތަކެއް ހޯދައިފި

ފުވައްމުލަކު ގެއަކުން ވައްކަންކުރި ދެމީހަކާއި އެކު ވަގަށް ނަގާފައިވާ ސާމާނުތަކެއް ހޯދައިފި

ފުވައްމުލަކު ގެއަކުން ވައްކަންކުރި ދެމީހަކާއި އެކު ވަގަށް ނަގާފައިވާ ސާމާނުތަކެއް ހޯދައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފުވައްމުލަކު ގެއަކުން ވައްކަންކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް، ވަގަށް ނަގާފައިވާ ވަޑާންކުރާ ސާމާނުތަކެއް ހޯދައިފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެކެވެ. މިދެމީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ރޭދަންވަރު 4:30 ހާއިރު ހޯދަނޑު އަވަށުންނެވެ.

އިއްޔެގެ ވަގުތެއްގައި ފުވައްމުލަކު ގެއަކުން ވައްކަންކޮށްގެން ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ފުލުހުން ކުރަމުން ދިޔަ މަސައްކަތުން، އެގެއިން ވަގަށް ނަގާފައިވާ 7 ކަރަންޓު ބުރުމާއާއި ކަރަންޓު ރޮންދާއަކާއި ޖިގްސޯއަކާއި މާކަރީ ލައިޓެއްގެ އިތުރުން ގްރޭންޑަރު ހޯދާފައިވަނީ ޏ.ފުއައްމުލަކު ފަޅުގެއެއްގެ ތެރެއިންް ރޭދަންވަރު 4:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަންުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.