ހއ.ދިއްދޫ ޕޮލިސް ސްޓޭޝަނާއި ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓު ގުޅިގެން ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ހޭލުންތެރި ކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 8،9، އަދި 10 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިޑިސެމްބަރ މަހުގެ 23 ވަނަދުވަހުގެރޭ 20:30 ން 22:00 އަށް ކުރިއަށް ގެންދިޔަ މިސެޝަނުގައި މަޢުލޫމާތު ދީފައިވަނީ ބުލީކުރުމާއި ޓްރެފިކް ޤާނޫނާއި ޤަވާއިދާއި ބެހޭގޮތުންނެވެ.
ބުލީ ކުރުމާއި ބެހެގޮތުން މިސެޝަންގައި މަޢުލޫމާތު ދީފައިވަނީ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުގެ ފަރާތުން ސްޓާފް ސާޖެންޓް މުޙައްމަދު ޝަރީފުއެވެ. މީގެ އިތުރުން ޓްރެފިކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވަނީ ޓްރެފިކް ޑިޕާޓްމަންޓުގެ ފަރާތުން ކޯޕްރަލް އިސްމާއިލް މުބާހުއެވެ.
މިސެޝަނަކީ 100 ދުވަހުގެ ލަނޑުދަނޑިތައް ޙާސިލްކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމް ތަކުގެތެރެއިން، ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ބުލީކުރުމާއި އަދި ޓްރެފިކް ޤާނޫނާއި ޤަވާއިދަށް އަހުލުވެރިކުރުވުމުގެ ގޮތުން ހިންގުނު ސެޝަނެކެވެ.
މިސެޝަން ކުރިއަށް ގެންދިއުމަށް ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ވަނީ ލިބިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...