ރާއްޖޭގެ ޚަބަރު ރައީސް ވަޙީދުގެ ޕާޓީ އުވާލައި ޕީޕީއެމަށް ސޮއި ކުރައްވަނީ

ރައީސް ވަޙީދުގެ ޕާޓީ އުވާލައި ޕީޕީއެމަށް ސޮއި ކުރައްވަނީ

ރައީސް ވަޙީދުގެ ޕާޓީ އުވާލައި ޕީޕީއެމަށް ސޮއި ކުރައްވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސް ޑރ ވަޙީދުގެ ޤައުމީ އިއްތިޙާދު ޕާޓީ އުވާލއި ޕީޕީއެމަށް ސޮއި ކުރެއްވުމަށް ނިންމަވައިފިއެވެ.

އެޮގޮތުން ރައީސް ޑރ ވަޙީދު މިއަދު ހަވީރު ހަތަރެއް ޖަހާއިރު ޕީޕީއެމަށް ސޮއި ކުރެއްވުމަށް ނިންމަވާފައި ވާކަމަށާއި، އެމަނިކުފާނު މިއަދު ހަވީރު ސޮއިކުރެއްވުމަށް ހަމަޖެހިފައި ވަނީ ރައީސް މައުމޫންގެ ޙާޒިރުގައި ނަސަންދުރާގައި މިއަދު ހަވީރު ހަތަރެއް ޖަހާއިރު ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައި ކަމަށް ދިއިސްލާމަށް އިތުބާރު ހުރި ގޮތެއްގައި މަޢުލޫމާތު ލިބިފައި ވެއެވެ.

މީގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީ އުވާލުމަށް އެޕާޓީގެ ކައުންސިލުން ރޭ ވަނީ ނިންމަވާފަ އެވެ.

މިކަން ކަށަވަރު ކޮށްދެއްވަމުން ޤައުމީ އިއްތިޙާދު ޕާޓީގެ ތަރުޖަމާން އަހުމަދު ތައުފީޤު ފިދާޅުވީ، ރޭ ބޭއްވި ގައުމީ އިއްތިހާދު ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެޕާޓީ އުވާލަން ނިންމާފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށާއި، ޕާޓީ އުވާލުމުގެ ކަންކަން ކުރިޔަށް ގެންދެވުމަށް ޕާޓީގެ ކައުންސިލުން އޭނާ އާއި ޙަވާލު ކުރައްވާފައި ވާކަމަށެވެ.

ގައުމީ އިއްތިހާދު ޕާޓީ އުވާލުމަށް އެ ޕާޓީގެ ކައުންސިލަށް ހުށަހެޅުއްވީ ޤައުމީ އިއްތިޙާދު ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ރޭ ބޭއްވި ކައުންސިލް ބައްދަލު ވުމުގައި ޤައުމީ އިއްތިޙާދު ޕާޓީ އުވާލުމަށް ނިންމި ބައްދަލު ވުމުގެ ރިޔާސަތުވެސް ބަލަހައްޓަވާފައި ވަނީ ރައީސް ޑރ މުޙައްމަދު ވަޙީދެވެ.

ތައުފީޤު ވިދާޅުވީ ޤައުމީ އިއްތިޙާދު ޕާޓީ އުވާލުމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން ގެންދާ ކަމަށާއި، ވަރަށް އަވަހަށް ކައުންސިލްގެ ނިންމުމާއި އެކު ޤައުމީ އިއްތިޙާދު ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ.
ޤައުމީ އިއްތިޙާދު ޕާޓީ އުވާލުމަށް ނިންމާފައި ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަޙު ހުރި ގޮތުން ކުދި ޕާޓީ ތަކަށް ބޮޑެތި ދަތިތައް ހުރުމާއި އެކު ފުރުޞަތު ތައް ހަނި ކަމަށް ޤަބޫލު ކުރެވޭތީ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.