ބުރުޒުމަގު ކޮފީ ކޯނާ ކައިރިން ތޫނު އެއްޗަކުން ޙަމަލާދީ ރޭ މާލޭގައި ޒުވާނަކު މަރާލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާއި ގުޅިގެން 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެމީހާ އާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
މިކަން ކަށަވަރު ކޮށްދެމުން ފުލުހުން ބުނީ ރޭ މާލޭގައި ދެ ޒުވާނަކަށް ތޫނު އެއްޗަކުން ޙަމަލާ ދިނުމުގެ ސަބަބުން ދެ ޒުވާނަކަށް އައި.ޖީ.އެމް. ހޮސްޕިޓަލުގައި ފަރުވާދީފައި ވާކަމަށާއި، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭގެތެރެއިން އެއް ޒުވާނަކު މަރުވެފައި ވާކަމަށެވެ.
ފުލުހުން ބުނީ ރޭ 22:37 ހާއިރު ހިނގި މިމާރާމާރީ ގައި ޒަޚަމް ކޮށްލާފައިވަނީ ޢުމުރުން 18 އަހަރުގެ ޒުވާނަކާއި ޢުމުރުން 21 އަހަރުގެ ޒުވާނަކަށް ކަމަށެވެ.
މީގެތެރެއިން މަރުވެފައިވަނީ މއ. ޢާއިޝާ ޙުސައިން ވަޙީދު (21އ) ކަމަށް ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ .
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...