ރާއްޖޭގެ ޚަބަރު ރައީސް ޔާމީންގެ ކެބިނެޓަށް އިތުރު ތިން ވަޒީރަކު ހަމަޖައްސަވައިފި.

ރައީސް ޔާމީންގެ ކެބިނެޓަށް އިތުރު ތިން ވަޒީރަކު ހަމަޖައްސަވައިފި.

ރައީސް ޔާމީންގެ ކެބިނެޓަށް އިތުރު ތިން ވަޒީރަކު ހަމަޖައްސަވައިފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވަޒީރުންނަށް ފަތްކޮޅު އެރުވުމަށާއި ވަޒީރުން ހުވާ ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް އެޑިއުކޭޝަން ގެ މަގަމާށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައި ވަނީ ރައީސް މައުމޫންގެ ސަރުކާރުގައި އެންމެ ފަހުން ޔޫތު މިނިސްޓަރު ކަމުގައި ހުންނެވި ޑރ އައިޝަތު ޝިހާމެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް ޢައްޔަން ކުރައްވާފައިވަނީ ރައީސް ޑރ ވަހީދުގެ ސަރުކާރުގައި މިނިސްޓަރ އޮފް އެންވަޔަރމެންޓް އެންޑް އެނަރޖީގެ މަގާމްގައި ހުންނެވި ޑރ މަރިޔަމް ޝަކީލާއެވެ.
އަދި މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ މަޤާމަށް ރައީސް ޔާމީންގެ ކެމްޕޭންގައި އިސްކޮށް އުޅުއްވި މުހައްމަދު މަލީހު ޖަމާލް އައްޔަނު ކޮއްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށް ވެސް ރައީސް ޔާމީންގެ ކެމްޕޭންގައި އިސްކޮށް އުޅުއްވި އަބްދުއްﷲ އަމީން މިއަދު ހަމަޖައްސަވާފައެވެ.
މިއަދު ޢައްޔަނުކުރެއްވި ވަޒީރުންނާއެކު ޕީޕީއެމާއި ގުޅިފައިވާ އިއްތިހާދުގެ ސަރުކާރުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެ މިނިސްޓަރުން ހިމެނޭގޮތަށް، ޖުމްލަ ސޯޅަ މިނިސްޓަރަކު މިހާތަނަށް ޢައްޔަން ކުރެވިފައިވެއެވެ.

ރައީސް ޔާމީންގެ ކެބިނެޓަށް ގިނަ ބަޔަކު އުއްމީދު ކުރި ގޮތާ ޚިލާފަށް ތައުލީމާ ބެހޭ ވަޒީރަކަށް އެހެން ބޭފުޅަކު ހަމަޖެއްސެވުމުން ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިޔާގައި ފާޑު ކިޔާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.