ރާއްޖޭގެ ޚަބަރު ޤާނޫނީ އިމުގެ ބޭރުން ހަރުކަށިކަން ނުދައްކާނަން: އުމަރު

ޤާނޫނީ އިމުގެ ބޭރުން ހަރުކަށިކަން ނުދައްކާނަން: އުމަރު

ޤާނޫނީ އިމުގެ ބޭރުން ހަރުކަށިކަން ނުދައްކާނަން: އުމަރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤާނޫނީ އިމުގެ ބޭރުން ހަރުކަށިކަން ނުދައްކާނަން: އުމަރު ހޯމް މިނިސްޓަރުކަމުގައި ހުންނަވާއިރު ގާނޫނުގެ ބޭރުން އެއްވެސް ހަރުކަށިކަމެއް ނުދައްކަވާނެ ކަމަށާއި ހުރިހާ ކަމެއްގައި ވެސް އަމަލު ކުރައްވާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް އެ މަގާމަށް މިއަދު އައްޔަން ކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެން "ހަވީރު" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ގާނޫނު ދަމަހައްޓައި ގާނޫނުގެ ހުކޫމަތު ހިންގުމަށްޓަކައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. އަދި އެކަމަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ހަރުކަށި ކަމެއް ގާނޫނުން ބޭރަކުން ނުދައްކާނަން ހަމަ ގައިމު ވެސް. ގާނޫނުގެ ތެރޭގައި، ދުނިޔޭގެ ބެސްޓް ޕްރެކްޓިސްގެ ތެރޭގައި މަސައްކަތް ކުރާނީ،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާއިރު ގާނޫނުގެ ބޭރުން މީހުން ހައްޔަރުކޮށް ނަހަދާނެ އެވެ. އަދި އެފަދަ އަމުރެއް އުމަރުގެ މައްޗަށް ނާންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ ގޮތަކަށް ޢުމަރު ވާހަކަ ދައްކަވާފައި މިވަނީ ދީނާއި ޤައުމަށް ޓަކައި ކޮންމެ ފަދަ ޤުރުބާނީ އެއްވެސް ވެ ވަޑައިގަންނަވާނެ ކަމަށާއި، ޤާނޫނަކީ ކުއްވެރިން ޖެހިލުންވާފަދަ ބާރުހުރި އެއްޗަކަށް ހައްދަވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައި ވަނިކޮށެވެ.

މީގެ އިތުރުން ޢުމަރަކީ ދިވެހި ރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގެން އިސްލާމީ ޝަރީޢަތް ތަންފީޒު ކުރެއްވުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފައިވާ ބޭފުޅެއް ކަން ފާހަގަ ކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.