ރާއްޖޭގެ ޚަބަރު އަންނަ ހޮނިހިރު ދުވަސް ބަންދު ކޮށްފި

އަންނަ ހޮނިހިރު ދުވަސް ބަންދު ކޮށްފި

އަންނަ ހޮނިހިރު ދުވަސް ބަންދު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންނަ ހޮނިހިރު ދުވަހަކީ ބަންދު ނޫން ދުވަހެއް ކަމަށް ކުރީގެ ރައީސް ޑރ ވަޙީދު ނިންމެވި ނިންމުން ބަދަލުކޮށް އަންނަ ހޮނިހިރު ދުވަހަކީ ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.

މިކަން ކަށަވަރު ކޮށްދެއްވަމުން ސަރުކާރުގެ ތަރުޖަމާން އިބުރާހިމް މުއާޒް ޢަލީ ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހަކީ ރަސްމީ ބަންދު ނޫން ދުވަހެއް ކަމުގައި ސަރުކާރުން ކުރިން ކަނޑައަޅާފައި ވީނަމަވެސް އެ ނިންމެވުން ބަދަލު ކުރައްވައި، އަންނަ ހޮނިހިރު ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ކަނޑައަޅުއްވާފައި ވާކަމަށެވެ.

އެހެން ކަމުން އަންނަ ހޮނިހިރު ދުވަހަކީ އެހެން ހޮނިހިރު ދުވަސް ތަކެކޭ ވެސް އެއްގޮތަށް ރަސްމީ ބަންދު ދުވަހެއް ކަމަށާއި، އެކަން މިހާރު ރަސްމީކޮށް ދައުލަތުގެ ހުރިހާ މުއައްސަސާ ތަކަށް އަންގަވާފައި ވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.