ރާއްޖޭގެ ޚަބަރު ޑީއާރުޕީގެ ދެ ނައިބު ލީޑަރުންނާއި މީޑިޔާ އޮފިޝަލް މަޤާމުން އިސްތިއުފާ ދެއްވައިފި

ޑީއާރުޕީގެ ދެ ނައިބު ލީޑަރުންނާއި މީޑިޔާ އޮފިޝަލް މަޤާމުން އިސްތިއުފާ ދެއްވައިފި

ޑީއާރުޕީގެ ދެ ނައިބު ލީޑަރުންނާއި މީޑިޔާ އޮފިޝަލް މަޤާމުން އިސްތިއުފާ ދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިކަން ކަށަވަރު ކޮށްދެއްވަމުން ޑީއާރުޕީގެ ކުރީގެ މީޑިޔާ އޮފިޝަލް އަދި މިއަދު މަޤާމުން އިސްތިއުފާ ދެއްވި ޢަލީ ޞާލިޙް ވިދާޅުވީ ޑީއާރުޕީންގެ މީޑިޔާ އޮފިޝަލްގެ މަޤާމުން ވަކިވުމަށް މިއަދު ހުށަހަޅާފައި ވާނެ ކަމަށާއި، މަޤާމުން އިސްތިއުފާ ދެއްވީ ޕާޓީއަށްވުރެ ޤައުމީ މަސްލަޙަތު އިސްކުރެއްވުމަށް ކަމަށެވެ.

އެގޮތުން މިހާރު އޮތް ސަރުކާރު ޒިންމާދާރު ކުރުމުގެ ނަމުގައި ދުރުގައި ތިބެގެން ސަރުކާރަށް ޖެއްސުން ކުރުމަށް ބަޔަކު ކުރަމުން ގެންދާ މަސައްކަތުގެ ބައިވެރިއަކަށް ވާން ބޭނުން ނުވާ ކަމަށާއި، މިވަގުތު ޤައުމަށް އެންމެ މަސްލަޙަތު ހުރި ގޮތަކީ ރައީސް ޔާމީން އިއްޔެ ފެއްޓެވި މަސައްކަތްޕުޅާއި އެއްގޮތަށް ޤައުމު ހަމަޖެހުމަކަށް ގެންގޮސް ހަމަނޭވާ ލުމަށް ކަމަށް ޑީއާރުޕީ އުފެދުނީއްސުރެ އެޕާޓީގައި އިސްކޮށް ޙަރަކާތްތެރި ވަމުން ގެންދެވި ޢަލީ ޞޯލިޙް ވިދާޅުވިއެވެ.

ސަރުކާރު ޒިންމާދާރު ކުރުމުގެ ނަމުގައި ދުރުގައި ތިބެގެން ސަރުކާރަށް ޖެއްސުން ކުރުމަށް ބަޔަކު ކުރަމުން ގެންދާ މަސައްކަތުގެ ބައިވެރިއަކަށް ވާން ބޭނުން ނުވާ ކަމަށް ވިދާޅުވެ ޑީއާރުޕީގެ ތަރުޖަމާން ޢަލީ ސޯލިޙް މިއަދު ޑީއާރުޕީގެ މަޤާމުން އިސްތިއުފާ ދެއްވި އިރު ސަރުކާރު ޒިންމާދާރު ކުރުމަށް އެމްޑީޕީއާއި ގުޅެން ބޭނުންވާ ކަމަށް ވިދާޅުވެ، މިއަދު ވަނީ ޑީއާރުޕީގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ރޮޒައިނާގެ އިތުރުން ނައިބު ލީޑަރު މުޙައްމަދު ރާމިޒު ވެސް މަޤާމުން އިސްތިއުފާ ދެއްވާފައި ވާއިރު އޭނާ މަޤާމުން އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވޭއެވެ.
ޑީއާރުޕީގެ ލީޑަރު ކަމުގައި ހުންނެވި އަހުމަދު ތަސްމީން ވެސް މިއަދު ވަނީ ސަރުކާރު ޒިންމާދާރު ކުރުމަށް ޑީއާރުޕީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.