ރާއްޖޭގެ ޚަބަރު ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން ސިފައިންގެ މައި މަރުކަޒަށް ޒިޔާރަތް ކުރައްވައިފި

ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން ސިފައިންގެ މައި މަރުކަޒަށް ޒިޔާރަތް ކުރައްވައިފި

ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން ސިފައިންގެ މައި މަރުކަޒަށް ޒިޔާރަތް ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ނުވަތަ ކޮމާންޑަރ އިން ޗީފް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ސިފައިންގެ މައި މަރުކަޒަށް ޒިޔާރަތް ކުރައްވައި، ސިފައިންގެ އެންމެ މަތީ އޮފިސަރުންނާއި މިރޭ ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމަށް ކޮމާންޑަރ އިން ޗީފް އަދި ރައީސް ޔާމީން ބަންޑާރަ ކޮއްޓަށް ވަޑައިގަތުމުން އެމަނިކުފާނުގެ ޝަރަފުގައި ގާރޑް އޮފް އޮނަރ އެއް އެރުއްވި ކަމަށާއި، ސިފައިންގެ ބޭންޑުގައި ޤައުމީ ސަލާމް ކުޅުނު ކަމަށް ސިފައިންގެއިން ވަނީ ބުނެފައެވެ.

މިބައްދަލުކުރެއްވުމަކީ، ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑަރ އިން ޗީފްގެ ހައިސިއްޔަތުން އެމަނިކުފާނު އެމްއެންޑީއެފްގެ ހެޑްކްއޯޓަރޒްއަށް ސިފައިންނާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ޑރ.މުޙައްމަދު ޖަމީލު އަޙްމަދާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރޓ) މުޙައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަޙުމަދު ޝިޔާމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ އަޙުމަދު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.