ރާއްޖޭގެ ޚަބަރު ރައީސް ޔާމީންގެ ސަރުކާރުން ފާޚާނާ ސާފުކުރަން ޙަވާލުކުރިޔަސް އެކަން ކުރާނަން: ޤާޞިމް

ރައީސް ޔާމީންގެ ސަރުކާރުން ފާޚާނާ ސާފުކުރަން ޙަވާލުކުރިޔަސް އެކަން ކުރާނަން: ޤާޞިމް

ރައީސް ޔާމީންގެ ސަރުކާރުން ފާޚާނާ ސާފުކުރަން ޙަވާލުކުރިޔަސް އެކަން ކުރާނަން: ޤާޞިމް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އާ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުން ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ފާޚާނާތައް ސާފުކުރުމުގެ މަސައްކަތް ޙަވާލު ކުރިޔަސް އެމަނިކުފާނަށް ވީ އެންމެ ރަނގަޅަކަށް އެކަން ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމް އިބުރާހީމް ވިދާޅުވެއްޖެއެވެ.

ޔާމީނާ ވާދަ ކުރައްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ނާކާމިޔާބީ އާއި ކުރިމަތި ލައްވަން ޖެހިވަޑައި ގަތުމުން އެކަން ޤަބޫލުފުޅު ކުރައްވައި ޤާއުމާއި ރައްޔިތުންގެ ޙައްޤުގައި ޔާމީނަށް ތާއީދު ކުރައްވަން ނިންމެވި ޔާމީންގެ ވާދަވެރިއެއް ކަމަށްވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމް އިބުރާހީމް ވިދާޅުވީ، ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ރައީސް ޔާމީންގެ ސަރުކާރުން ޙަވާލު ކުރެއްވި ކޮންމެ މަސައްކަތް ޕުޅެއްވެސް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

އެގޮތުން އާ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުން އެމަނިކުފާނާ ހަވާލުކުރާ މަސައްކަތަކީ ފާހާނާތައް ސާފު ކުރުމުގެ މަސައްކަތް ކަމަށް ވީނަމަވެސް އެކަންވެސް ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނަށް ޓަކައި އެމަނިކުފާނަށް ވީ އެންމެ ރަނގަޅަކަށް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޤާޞިމް އިބުރާހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ޙަވާލު ކުރާ ކޮންމެ ކަމެއް ވީ އެންމެ ރަނގަޅަކަށް ކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމް އިބުރާހީމް ވިދާޅުވެފައި މިވަނީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ޔާމީން އިންތިހާބުވެ ވަޑައިގަތުމުގެ ސިއްރަކީ ޤާސިމް ކަމަށް ޕީޕީއެމްގެ ޒައީމް އަދި ރައީސް މައުމޫން ވެސް ވިދާޅުވެ، ޕީޕީއެމް ވެރިކަމަށް ގެނައުމުގައި ޤާސިމް ކޮށްދެއްވި މަސައްކަތްޕުޅަށް ޓަކައި ޤާޞިމަށް ޚާއްސަ ޝަރަފެއް އަރުވަން ގޮވާލައްވާފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވެފައި ވަނީ ގައުމީ ބަތަލުގެ ނަމުގައި އާ ލަގަބެއް، އާ ޝަރަފެއް، އާ އިއްޒަތެއް ރާއްޖޭގެ އާ ރައީސުލް ޖުމްހޫރިއްޔާ އުފައްދަވައި ދެއްވައި އެ ލަޤަބު ގާސިމް އިބްރާހިމަށް އެރުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.