ރާއްޖޭގެ ޚަބަރު ސިއްރު ވޯޓު ހާމަ ކުރުމުގެ މައްސަލަ ބޮޑުވެފަ

ސިއްރު ވޯޓު ހާމަ ކުރުމުގެ މައްސަލަ ބޮޑުވެފަ

ސިއްރު ވޯޓު ހާމަ ކުރުމުގެ މައްސަލަ ބޮޑުވެފަ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކުމާއި ގުޅިގެން މިހާތަނަށް 36 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށާއި، ފާހަގަ ޖެހުމަށް ފަހު ވޯޓު ކަރުދާސް ހާމަ ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނީ ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކުމާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ 2 އަންހެނަކާއި 34 ފިރިހެނުން. ކަމަށެވެ.

މީގެ އިތުރުން އައިޑީ ކާޑަކާއި ޕާސްޕޯޓް ވަގަށް ނެގުމުގެ މައްސަލަ ތަކާއި، ވޯޓުލާ މަރުކަޒެއްގައި ހަމަނުޖެހުން ހިންގުމުގެ މައްސަލަ އަކާއި، މައިންބަފައިންނާއި އެހެން މީހުންގެ އައިޑީކާޑު ފަދަ ތަކެތި ފޮރުވުމުގެ މައްސަލަ ތަކާއި، އެފަދަ ފަރާތްތަކުގެ ވޯޓު ދިނުމަށް ހުރަސް އެޅުމުގެ މައްސަލަ ތައް ފާހަގަ ކުރެވިފައި ވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި ރިޝްވަތު ދިނުމާއި އައިޑީކާޑު ގަތުން ފަދަ ކަންކަން ހިންގަމުން ގެންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ޝަކުވާ ކޮށްފަ އެވެ.

އެހެން ކަމުން ރާއްޖޭގައި ބާއްވާ އިންތިޚާބުތަކާއި ގުޅޭ ޢާއްމު ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން އިންތިޚާބު ތަކުގައި ނަގަންވާނީ ސިއްރު ވޯޓެއްކަން އެނގޭތީ، ވޯޓު ކަރުދާސް ދެއްކުމަކީ ވޯޓުގެ ސިއްރުކަން ނެތިގެންދާނެ ކަމަކަށް ވުމާއެކު މިފަދަ ކަންކަމަކީ އެޤާނޫގެ 75 ވަނަ މާއްދާއިންވެސް ކުށްވެރި ވާނެ ކަންތައްތައް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މިއީ އަދަބު ކަނޑައެޅިފައިވާ ކުށެއްކަމަށް ވުމާއެކު ދިވެހި ހުރިހާ ރައްޔިތުން މިކަމަށް ސަމާލުކަން ދެއްވައި އެފަދަ ކަންކަން ނުކުރުމަށް ހުރިހާ ރައްޔިތުންނަށް ދިވެހި ފުލުހުން ވަނީ ނަސޭޙަތްތެރިވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.