މިއަދު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން އިންތިޚާބުވާ ރައީސަކު ހުވާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ގަސްދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަންގަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ގަސްދު ކުރައްވާކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު އަންގަވައި މެންބަރުންނަށް ސިޓީއެއް ފޮނުއްވާފައި ވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު މަޖިލީހުގެ މެންބަރުންނަށް ފޮނުއްވި ސިޓީގައި މި ޖަލްސާ ބާއްވަވަނީ މިއަދު ބާއްވާ ރިޔާސީ އިންތިޚާބުގައި އިންތިޚާބުވާ ރައީސުލް ޖުމްހޫރިއްޔާ އަކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު ޤާނޫނު އަސާސީގައި ވާގޮތުގެ މަތިން ހުވާ ކުރެއްވުމަށް ކަމަށް ވިދާޅުވެފައި ވާކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް މި ޖަލްސާ އޮންނާނެ ވަކި ގަޑިއަކާއި ޖަލްސާއާބެހޭ އިތުރު ތަފްޞީލް ފަހުން ދަންނަވާނެ ކަމަށް މަޖިލީހުގެ ރައީސްގެ ސިޓީގައި ވިދާޅުވެފައި ވާކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...