ދިއިސްލާމް ޢަރަފާތު ދުވަހުގައި ރޯދަ ހިއްޕެވުމަށް ޢަދާލަތު ޕާޓީގެ ރައީސް އިލްތިމާސް ކުރައްވައިފި

ޢަރަފާތު ދުވަހުގައި ރޯދަ ހިއްޕެވުމަށް ޢަދާލަތު ޕާޓީގެ ރައީސް އިލްތިމާސް ކުރައްވައިފި

ޢަރަފާތު ދުވަހުގައި ރޯދަ ހިއްޕެވުމަށް ޢަދާލަތު ޕާޓީގެ ރައީސް އިލްތިމާސް ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާދަމާއަކީ މިއަހަރުގެ ޢަރަފާތު ދުވަސްކަމުގައިވުމާއެކު އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށާއި ޢަދާލަތު ޕާޓީގެ މެންބަރުންނަށް އަރަފާތު ދުވަހުގެ ރޯދަ ހިއްޕެވުމަށް ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ އިލްތިމާސްކުރައްވައިފިއެވެ.

"ޢަރަފާތު ދުވަހުގެ ރޯދައަކީ ވޭތުވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ފާފައްފުއްސަވާނެކަމެއްކަމަށް ރަސޫލުﷲ صلى الله عليه و سلم ޙަދީޘް ކުރައްވާފައިވެއެވެ. ވީމާ ޙައްޖަށްވަޑައިނުގަންނަވާ ބޭފުޅުންގެ ތެރެއިން ކުޅަދާނަކަން ލިބިގެންވާ އެންމެހާ ދިވެހި ރައްޔިތުން މާދަމާ ރޯދަ ހިއްޕެވުމަށް އިލްތިމާސް ކުރަމެވެ." ޢަރާފާތު ދުވަހާއި ގުޅިގެން ޢަދާލަތު ޕާޓީގެ ރައީސް ނެރުއްވި ބާޔާނުގައި ވިދާޅުވެފައިވެއެވެ.

މިބަޔާނުގައި ޙައްޖަށްވަޑައިގެންނެވި އެންމެހާ ދިވެހި ރައްޔިތުންނާއި އެންމެހާ ޙައްޖުވެރިންނަށް މަބުރޫރު ޙައްޖަކަށް އެދިވަޑައިގެންފައެވެ

އަދި އަޟްޙާ ޢިދުގެ ހެޔޮއެދުމާ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކުރާކަމަށް ޕާޓީގެ ރައީސްގެ ބަޔާނުގައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.