ފަލަސްޠީނުގެބިންތައް ޔަހޫދީންގެ އަތްތަކުން މިނިވަންކޮށް ފުރިހަމަ އިސްލާމީޝަރީޢަތެއްޤާއިމުކުރުމަށްޓަކައި އެމީހުންމިހާރު އެވަނީ ތަމްރީނުވެފައެވެ. އިޒްރޭލު ސިފައިންނާއި ހަނގުރާމަކުރުމަށްޓަކައި ފަލަސްޠީނުގެ ހުރިހާ އުޚްތުންނަށް މިބައިމީހުންވަނީ ގޮވާލާފައެވެ. މިއީ ކޮންބައެއްތޯއެވެ...މިއީ ހަނގުރާމައިގެ އެންމެ ފުރިހަމަ ތަމްރީނު ލިބިފައިވާ ޣާޒާގެ އަންހެން މުޖާހިދުންނެވެ.
މި އަންހެން މުޖާހިދުންތައް ނިސްބަތްވަނީ ޞަލާޙުއްދީން ބްރިގޭޑް ޖަމާޢަތަށެވެ. ޣާޒާގައި އުފެދިފައިވާ އެތައް ހަނގުރާމަވެރި ޖަމާޢަތްތަކުގެ ތެރެއިން ޞަލާޙުއްދީން ބްރިގޭޑަކީ އިޒްރޭލާއި ދެކޮޅަށް މިހާތަނަށް ވަރަށް ވަރުގަދަ ޙަމަލާތައްދީފައިވާ ޖަމާޢަތެކެވެ. މި ޖަމާޢަތުން އަލަށްއުފެއްދި އަންހެން މުޖާހިދުންނަށް ވަރަށް މަތީތަމްރީނު ދީފައިވެއެވެ. މިހަނގުރާމަވެރިން ހާމަކުރާގޮތުގައި ވަރަށް ކައިރި މުސްތަޤްބަލެއްގައި ބޮޑެތިވެގެންވާ ޙަމަލާތަކެއް އިޒްރޭލާއި ދެކޮޅަށްދެވޭނެއެވެ.
މާތްﷲ މިބައިމީހުންގެ ފައިތިލަތައް ސާބިތުކޮށްދެއްވައި ބޮޑުވެގެންވާ ނަޞްރެއް ފަލަސްޠީނަށް ދެއްވާށި...

ކޮމެންޓް (0)
ލޯޑް ކުރަމުން...